ބަރުދަން ލުއިކުރުމަށް ކޮންމެހެން ޑައިޓް ކުރުމަކީ މުހިއްމު ކަމެއް ނޫންކަމަށް، އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ސެލީ ނޯޓަން ވިދާޅުވެއްޖެ އެވެ.

ޑރ. ސެލީ ވިދާޅުވީ، އާއްމު ގޮތެއްގައި ގިނަ އަންހެނުން ފަލަވުމުން އަވަހަށް ހިކުމުގެ ގޮތުން ކޮންމެވެސް ޑައިޓެއްގެ ބޭނުން ހިފާ ކަމަށެވެ. ނަމަވެސް މިއީ ބޭކާރު ކަމެއް ކަމަށް ސެލީ ވިދާޅުވި އެވެ.

އެގޮތުން، ޑައިޓެއްގެ އެހީގައި ބަރުދަން ލުއިކުރަން އުޅޭ މީހުންގެ 85 އިންސައްތަ މީހުން، ބުރަ މަސައްކަތުން ބަރުދަން ލުއިކުރުމަށްފަހު، އޭގެ އަހަރެއްހާ ދުވަސްފަހުން އަނެއްކާވެސް ކުރިން ހުންނަވަރަށް ބަރުދަން އުފުލިގެން ދާކަމަށް ދިރާސާތަކުން ދައްކާ ކަމަށްވެސް ސެލީ ވިދާޅުވި އެވެ.

"ދިރާސާތަކުން ދައްކާފަ އެބަހުރި. ބަރުދަން ލުއިކުރުމަށް ޑައިޓެއްގެ ބޭނުން ނުހިފުމުގެ މުހިއްމުކަން. އެގޮތުން ޑައިޓެއްގެ އެހީގަ ބަރުދަން ލުއކުރަން އުޅޭ މީހުންގެ 85 އިންސައްތަ މީހުން، ބުރަ މަސައްކަތުން ބަރުދަން ލުއިކުރުމަށްފަހު، އޭގެ އަހަރެއްހާ ދުވަސްފަހުން އަނެއްކާވެސް ކުރިން ހުންނަވަރަށް ބަރުދަން އުފުލިގެން ދާކަމަށް ދިރާސާތަކުން ދައްކާ" ޑރ. ސެލީ ވިދާޅުވި އެވެ.

ޑައިޓެއްގެ ފުރިހަމަ ނަތީޖާ ނުފެނުމުން ނުތަނަވަސްކަން ކުރިމަތިވެ، ކެއުމުގައި ކުރިން ބޭނުން ކުރަމުންދާ އާދަތަކަށް ދެވޭތަން އަންނަ ކަމަށް ވެސް ޑރ.ސެލީ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ބަދަލުތަކެއް އައިސް ސިއްހީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވެސް ޑރ. ސެލީ ވިދާޅުވި އެވެ.

ADS BY SHEESHA

"އޭގެ ސަބަބުން ކެއުމުގެ ކުރީގެ އާދަތަކަށް މިދެވެނީ. އަދި ހަށިގަނޑަށް ބަދަލުތަކެއް އައިސް ސިއްހީ ގޮތުން އެތަށް މައްސަލަތަކަކާ ކުރިމަތިވާންތަން ފެނިގެންދޭ" ޑރ. ސެލީ ވިދާޅުވި އެވެ.

6 ކޮމެންޓް

  1. Varah fake . Evves mauloomath eh mi akun neyngunu

  2. ދެނަ ކިހިނެއްތަ ހަދަން ވީ... މީން އަޅެއެއްޗެއް އެނގިއްޖެތަ.. ސުރުހީ ަވަރަށް ސަޅި... މަސްދަރު ސުމެއް...އޮއްޓަރެއް ނެތް...

  3. އަޅޭ... މަ ހިކޭނެ ގޮތެއް ބުނެދީބަ ޕްލީޒް

    • ރަނގަޅަށް ގަޑިންގަޑިއަށް 3 ވޭލާގައި ފަރިއްކުޅުއްވާށެވެ. ހެނދުނު ބަނޑުހައި ފިލާވަރަށެވެ. މެންދުރު އެއަށްވުރެ މަދުކޮށެވެ. ރޭގަނޑު ވަރަށްކުޑަ ކޮށެވެ ބަނޑުހައިވާނަމަ ކެއުމުގެ އިތުރުން ހަކުރުނާޅާ ކަޅުސައިތައްޓެއް ބޯށެވެ. ބައެއްރޭގަނޑު ކެއުމުގެ ބަދަލުގައި 1 އާފަލު ނުވަތަ 2 އޮރެންޖް ކާލާށެވެ. ދޭތެރެއަކުން ބަނޑުހައިވާނަމަ ކޮންމެވެސް މޭވާއެއް ނުވަތަ ފޮނިމަޑު ޖޫސްތައްޓެއް ބޯލާށެވެ ޢާއްމުކޮށެއްނޫނެވެ، އިތުރަށް ބޭނުންވާނަމަ ހުސްފެން ބޯށެވެ. އެކަމަކު ދުވާލަކު 2ލީޓަރަށްވުރެ ގިނަނުވާވަރަށެވެ. އެއިރުން ހިކިދާނެއެވެ.

  4. މީ ދެން.... ހަމަ އެއްބައި....ސުރުހީ ފެނިފަ މަހީކުރީ.... ބަރުދަން ލުއިކުރެވޭނެ ކޮންމެސް މޮޅުގޮތެކޭ އޮތީ.... ބައިކުޅަދު މަދީތަ އަޅެ މިއެއްޗެހި ލިޔާ މީހުން ޕިސް ޕިސް؟؟؟؟؟؟

  5. ކޮންމެވެސް މީހެއް!

    ދެން ޑައެޓްނުކޮށް ކީއް މި ކުރަންޖެހެނީ..؟ އަބަދުވެސް ދެބައިކުޅަ އެއްބައި ވާހަކަ ލިޔެފަ އޮންނާނީ..!