އެމޭޒަން ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިިއްވާލަން އެހީތެރިވާން ފްރާންސް ރައީސް މެކްރޮން މަސައްކަތް ފެއްޓެވުމުން ފްރާންސަށް ބްރެޒިލްގެ އިސް ވެރިން ދެމުން ގެންދާ ބަހުގެ ހަމަލާތައް އިތުރު ލެވަލް އަކަށް މައްޗަށް ޖެހިލައިފިއެވެ.

މިހާރު ބްރެޒިލްގެ ވެރިންގެ އަމާޒަކަށް ވެފައި ވަނީ ފްރާންސްގެ ފަސްޓްލޭޑީ ބްރިގީޓާ އެވެ. ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވެފައި ވަނީ ފްރާންސްގެ ރައީސް މެކްރޯން އަކީ އަނބިކަނބަލުންގެ ޝައުގުވެރިކަން ވެސް ނުހޯދޭ ފެންވަރުގެ ބޭފުޅެއް ކަމަށެވެ. އަދި ބްރިގީޓާގެ އުމުރަށް ބަލާއިރު މެކްރޮން އާއި އޮންނަ ގުޅުމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އިއްޔެ ބްރެޒިލްގެ އިޤުތިޞާދާއި ބެހޭ ވަޒީރު ޕައުލޯ ގްއެޑެސް ބްރިގީޓާ އަށް އިޝާރާތްކޮށް ވިދާޅުވީ ބްރިގީޓާ އަކީ ވަރަށް ހުތުރު އަންހެނެއް ކަމަށެވެ.

ބްރެޒިލްގެ ވެރިން ފްރާންސްގެ ފަސްޓްލޭޑީ އާއި ދިމާކޮށްލައިގެން އުޅޭތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއީ ބްރެޒިލްގައި އަންހެނުންނާއި މެދު އަމަލު ކުރެވެމުންދާ ގޮތާއި އަންހެނުންނާއި މެދު ބްރެޒިލް އިން ގެންގުޅޭ ތަފާތު ކުރުންތައް ލަފާކޮށްލަން އެނގޭ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ސީދާ މައްސަލައަށް ފޯކަސް ކުރުމުގެ ބަދަލުގައި ބްރެޒިލްގެ ވެރިން މަސައްކަތް ކުރަނީ ބަޔަކަށް މަލާމާތްކޮށް ލަދުގަންނަވާލައިގެން މައްސަލައިގެ މިސްރާބު ބަދަލުކޮށްލަން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އިންޓަނޭޝަނަލް މަލާމާތެއް! ކެކެކެކެކެކެކެކެ

    11
    2
  2. ދދދދދދ

    ދިވެހިރާއްޖޭގަ މިތިބަ ލާދީންތައް ކޮޕީ ކުރަނީ ތިކަހަލަ ގޮތެއް ނެތް ކަންކަން.