ލޭ މައްޗަށް ދިޔުމަކީ އެތައް ބަޔަކަށް ތަހަންމަލު ކުރަން ޖެހިފައިވާ ކަމެކެވެ. ދާއިމީ ގޮތެއްގައި މިކަމަށް ފަރުވާ ކުރަން ޖެހިފައިވާ މީހުން މި ދިވެހިރާއްޖޭގައިވެސް ގިނަ އިރު، މިކަމުން ދުރުވުމަށް ނުވަތަ މިކަމުގެ ވޭން، މިންވަރަކަށް ވިޔަސް ކުޑަކުރުމަށް ގޭގައި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ކެވޭނީ ކޮން ބާވަތްތަކެއް ހެއްޔެވެ؟

ކެއުމުގައި އަލުވި ބޭނުންކުރުން

ޕޮޓޭޝިޔަމްގެ މާއްދާއިން މުއްސަނދިވެފައިވާ އަލުވި، ކެއުމުގައި ބޭނުންކުރުމަކީ ލޭ މައްޗަށް ދިޔުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. ސިއްހަތަށް ފައިދާ ހުރި ގޮތަކަށް އަލުވީގެ ބާވަތްތައް ބޭނުންކުރުމަކީ މިކަމަށް ރަނގަޅު ކަމަކަށްވަނީ، ޕޮޓޭޝިޔަމްގެ ސަބަބުންކަމަށް އެތައް ފަރާތްތަކަކުން ވިދާޅުވެފައިވެއެވެ.

ގިނައިން ހިނގުން

ލޭ މައްޗަށް ދާ މީހެއްކަމުގައިވާނަމަ ގަވާއިދުން ހިނގަން ދިޔުމަކީ ކުރެވިދާނެ ރަނގަޅު ކަމެކެވެ. އަދި ވަކީން ހާއްސަކޮށް ހިންގަން ގޮސް، ބާރަށް ހިނގުމަކީވެސް ކުރެވިދާނެ މުހިއްމު ކަމެކެވެ. މިއީ އެހާ ރަނގަޅު ކަމެއްކަމަށްވަނީ ގިނައިން ހިނގުމުން ބާރަށް ހިތް ތެޅި، ގިނަ ލޭ ޕަމްޕުކޮށްދީ މުޅި ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭތީއެވެ.

ހާސްވާ ކަންކަމާ ދުރުވުން

މި މައްސަލަ ދިމާވާކަމުގައިވާނަމަ ކަންކަމާ ވިސްނުމާއި ހާސްވުމާ ދުރުވުން ނުވަތަ ސްޓްރެސްއާ ދުރުވުން މުހިއްމެވެ. މިފަދަ ކަންކަން ދިމާވާކަމުގައިވާނަމަ، ހާސްވުމުން އަރައިގަތުމަށް ކުރެވޭނޭ ބައެއް ކަންކަން ކުރުން ރަނގަޅެވެ. އެގޮތުން ހަމަޖެހިލައިގެން ތަނެއްގައި އިނުމެވެ.

ޑާކް ޗޮކުލެޓު ކެއުން

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޑާކް ޗޮކުލެޓުގައި ހުންނަ ފްލެވޮނޮލްތަކުގެ ސަބަބުން ލޭ ހޮޅިތަކަށް އެތައް ފައިދާތަކެއް ލިބެއެވެ. އަދި، އެކަމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމަށް އެހީއަކަށް ވެދެއެވެ. އެހެންކަމުން، ލޭ މައްޗަށް ދާ ކަމުގައިވާނަމަ ޑާކް ޗޮކުލެޓަކީވެސް ބޭނުންކުރުން ރަނގަޅު އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު