އިންޑިއާއިން ބައިނަލްއަޤުވާމީ ބޮޑެތި ޖައްވީ އިދާރާތަކާއި ބައި ހަމަކުރުމުގެ ގޮތުން ހަނދަށް ފޮނުވާލި "ޗަންދްރަޔާން-2" މަންޒިލަށް ވާސިލުވުމުގެ އެންމެ ފަހު މަރުޙަލާގައި އޮއްވައި ހަނދަށް ވެއްޓި ދުނިޔެއާއި ގުޅުން ކެނޑިފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އަށް ބޮޑު ޝޮކެއް ލިބިފައި ވާއިރު، އެ އިދާރާއިން ކުރިޔަށް އޮތް ތަނުގައި އިރަށް އުޅަނދެއް ފޮނުވާނެކަން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ބުނެފައިވަނީ، އެޤައުމުން އިރުގެ ހޯދުންތައް ހޯދުމަށް އިރާއި ދިމާލަށް ޖައްވީ ރޮބޮޓިކް އެކްސްޕްލޯރާ އުޅަނދެއް ފޮނުވަން ނިންމާފައިވާ ކަމަށާއި، އެ މިޝަނަށްޓަކައި ޚާއްސަ އުޅަނދެއް ތައްޔާރުކުރުމަށް ތައްޔާރުވާ ކަމަށެވެ. އިސްރޯއިން މި އުޅަނދު ފޮނުވުމަށް ނިންމާފައިވަނީ އިރުގެ "ކޮރޯނާ" ނަމަކަށްކިޔާ ފަށަލައަކަށެވެ. މި ފަށަލައަކީ އިރުގެ އެންމެ ބޭރުގައި، އެތައް މިލިއަން ކިލޯމީޓަރަކަށް ދެމިގެންދާ ބިޔަ، ހޫނުގަދަ ފަށަލައެކެވެ.

އިންޑިއާއިން މި މިޝަން ފެށުމަށް ހަމަޖައްސާފައި ވަނީ މި ހިންގާ 2019 ވަނަ އަހަރާއި 2020 ވަނަ އަރާއި ދެމެދުގެ ތާރީޚެއްގައި ކަމަށް ބުނެއެވެ. ނަމަވެސް މިޝަން ލޯންޗުކުރާނެ ސީދާ ދުވަހެއް އަދި އިސްރޯ އިން ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ޖައްވީ ކަންކަމުގައި ގިނަ ކާމިޔާބީތައް ހޯދުމުގެ ޕްލޭންތައް ކުރަމުންދާއިރު، އިރަށް ދަތުރުކުރުމުގެ އިތުރުން ދުނިޔެ އާއި އިންވެގެން އޮންނަ މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ހޫނުގަދަ ގުރަހަ ޒުހުރަތު (ވީނަސް) އާއި ދުނިޔެއާއި ޖެހިގެން ދެން އޮންނަ ގުރަހަ މިއްރީޚު (މާސް) އަށްވެސް އުޅަނދުތަކެއް ފޮނުވަން ނިންމާފައި ވެއެވެ.

އިންޑިއާއިން ދެން އެންމެ އަވަހަށް ކުރިޔަށް ގެންދާ ޖައްވީ މިޝަންތަކުގެ ތެރޭގައި އިރާއި ޒުހުރަތަށް ޖައްވީ އުޅަނދު ފޮނުވުން ހިމެނޭއިރު، ދުނިޔެ އާއި އިރާއި ދެމެދު 149.6 މިލިއަން ކިލޯމީޓަރު ހުރެއެވެ. އަދި ދުނިޔެ އާއި ޒުރުރަތާއި ދެމެދު 38 މިލިއަން ކިލޯމީޓަރު ހުރެއެވެ. އިރުގެ ހޫނުމިން 5500 ޑިގްރީއަށް އަރާއިރު، ޒުހުރަތުގެ އާންމު ހޫނުމިނަކީ 480 ޑިގްރީ ސެލްޝިއަސް އެވެ. މިއީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ކަމަށްވާ 14 ޑިގްރީ އަށްވުރެ އެތައް ގުނައެއް ހޫނު ދެ ހިސާބުކަމުން، މި ހިސާބުތަކަށް ކާމިޔާބުކަމާއެކު އުޅަނދުތައް ފޮނުވުމަކީ މިއަދުގެ ޓެކްނޮލޮޖީއަށް ބަލާއިރު ފަސޭހަ ކަމެއް ނޫނެވެ.

ރޭ އިންޑިއާއިން ހަނދަށް ދިއުމަށް ފޮނުވާލި އުޅަނދު ހަނދަށް ނުޖެއްސެނީސް ވެއްޓި ގުޅުން ކެނޑިފައިވާއިރު، އެ އުޅަނދު ވެއްޓުނީ އެންމެ ފަހު ވަގުތުކޮޅު އޭގެ "އަލްޓިޓިއުޑް" ހިފަހައްޓާ ޚާއްސަ އިންޖީނު ނިވުމުގެ ސަބަބުންނެވެ. މިކަމާއި ގުޅިގެން އިސްރޯގެ ސައިންސްވެރިން ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފައެވެ.

"ޗަންދްރަޔާން-2" ހަނދުގައި ޖައްސަން އުޅެނިކޮށް ހިނގި މި ހާދިސާގައި އެ އުޅަނދަށް ލިބުނީ ކިހައި ގެއްލުމެއްކަން އަދި ޔަޤީންކުރެވިފައި ނުވީނަމަވެސް، ދެ ކިލޯމީޓަރު މަތިން، ބަރުގަދަނުގައި ގާތްގަނޑަކަށް 1.5 ޓަނު ހުރި މި އުޅަނދު ވެއްޓިއްޖެ ނަމަ އުޅަނދަށް ބޮޑެތި ގެއްލުންވާނެ ކަމަށް ބެލެވިފައި ވެއެވެ. އެހެންކަމުން ދެން އިތުރަށް މި އުޅަނދާއި ކޮންޓެކްޓް ކުރެވޭނެ ފުރުސަތެއް މިހާރަކު ނޯންނާނެއެވެ.

ދުނިޔެ އާއި ހަނދާއި ދެމެދުގައި ހުންނަނީ 384،400 ކިލޯމީޓަރެވެ. ޖައްވީ އުޅަނދު "ޗަންދްރަޔާން-2" ހަނދަށް ދިއުމުގެ ދަތުރު ފަށައި އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސްޓޭޝަނުންނެވެ. ދުނިޔޭގެ އޯބިޓުން ނިކުމެ ހަނދަށް ސީދާ ދަތުރު މި އުޅަނދުން ފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބޮޑުގެރި

    ފާހާނާޔަށް ދޭބަލަ އެއީ ކަލެޔަށް ދެވޭނެ ތަނަކީ

    83
    2
  2. ގެރި

    ގެރިމޯދީ އަށް ތިޔަވީ ހަމަރަގަޅަށް

    76
    3
  3. ޑީޕީ

    ތިއީ ހަމަ ފައްކާ ގޮތެއް ފޮތެއް ނެތް މޮޔަ ބައެއް. އިންޑިއާގެ ފަގީރުން ފަގީރު ކަމުގެ އިންތިހާގައި އެދިރިއުޅެމުންދަނީ.

    84
    2
  4. ޒީ

    އާ އިރަށް ދާއިރު މޯދީވެސް ފޮނުވާތި!
    އަދި އިތުރަށް ގެރިޔެއްވެސް ފޮނުވާތި! ލޮލް
    ފާހާނަ ތައްޓަށް ދެވޭނީ!
    ދެން ސަހަރާޔަށް ސަންދޯކަށް އެރި ޖަހާނެ މަހާނަގަލެއް ހިފާގެން ދެވޭތޯ ބަލާތި!
    ދެވަރަށް "ސަލާމް"

    85
    2
  5. ގޯ ޓު ހެލް

    އެއްކަމެއް ނުކޮށް ތިއްބަސް ނަރަކައަށް ދެވޭނެ.....

    68
    1
  6. ޝާހް، ރ.ވާދޫ

    އިންޑިޔާއަށް މިކަހަލަ އެއްވެސް ކަމެއްގަ މަށެއް ކާމިޔާބަކަށް ނޭދެން. މީ މަގޭ ގެ ވާހަކަ.

    87
    3
  7. ހުދުހުދު

    ކިތައްމެ ވަރަށް އިރަށް ދާން އުޅުނަސް ވާނެ ކަމެއް ނޫން ތީ

    79
    2
  8. ރޭޕިސްތާނު

    ޖަހަންނަމައަށް ދެވޭނީ.

    69
    3
  9. Anonymous

    މަނެތިން

    38
    1
  10. ...

    އެއް ކަން ނުކުރެވިގެން އުޅޭއިރު އަދި އެހެން ކަމަކަާ އެބަ އުޅެޔޭ ފުއްޕަން ވެގެން ?

    34
  11. ފާތި

    އިރަށޭ؟ ރަނގަޅަށްވެސް މޮޔަވެއްޖެ. ދޭބަލަދޯ.

    36
  12. ސޯލިހު

    ވަކި ހިސާބަކަށް ދާއިރަށް އަލިފާން ރޯވިއްޔާ ކަލާކޯ.

    33
  13. ގެރިގުއި

    ދާނެ ތަނެއް ނޭގެންޔާ ހުރިހާ ގެރިތައް ގޮވައިގެން ޕާކަށްދޭބަލަ. ގޮސް ސީޝޯއަށްއަރުވާ ކުޅިލާ ހަދާބަލަ. އެހެންނޫނީ މުދީ ގޮވައިގެން އެންމެން ބޮޑުކަމުދޭބަލަ. ހެޔޮ ދެކަމު ހާޖަތައް ދިޔަޔަސް.

  14. ރޫރޫރޫރޫ

    ހަނދަށް ނުދެވިގެން އުޅޭބަޔަކު ކިހިނެއް އިރަށް ދާނީ ބޮޑު ޖޯކެއް

    31
  15. ޢިމާދު

    ހެހެހެހެ

    19
  16. ނުރަބޯ

    ގައްނާކުރެއްވި ލަދު ފޮރުވަންވެގެން އިރަށް ދާވާހާކަ އެ ބުނީ. ކޮންމެހެން އިރަށް ދާކަށްވެސް ނޫން. އެއެތި އެ ވެއްޓޭނީ ހަނދަކަށް ވެސް ނޫން، ރާޖަސްތާނުގެ ސަޙަރާއެއްގެ ތެރެއަށް.

    13
  17. ޕޮގުބާ

    އިތާ ހަމައަށްވެސް ނުދެވޭނެ އޭގެކުރިން އަނދާ ހުލިވާނެ

    10
  18. ނަ

    މޯދީ ވ ފިރިހެނަކާދެވަން!!

  19. މެކް

    ތިހަރަދުތަށް ތިގޮތަށް ކުރުމުގެ ބަދަލުގާ ރައްޔިތުންނަށް ކޮށްބަލަ ތިގައުމުގާ ކާނެއެއްޗެނުލިބި ބޯހިޔާވަހިކަމެއްނެތް އެތަށްބަޔަކު ހަނާ އެބަވޭ ގެރި މޯދީ އަށް ވިސްނޭނީ ކޮންއިރަކުންބާ؟

  20. ޙަބަކަ

    ގޮސް ފެންޖަހާ ނިއްވާލާތި

    4
    2