ބޮލީވުޑްގެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަލުން ފިލްމު ކުޅެން ފަށަން ނިންމައިފި އެވެ.

މީގެ 9 އަހަރު ކުރިން ބޮލީވުޑުން ގެއްލުނު ބަތަލާ އަދި 2004 ގެ މިސް އިންޑިއާ ބުނިގޮތުގައި އޭނާ ފިލްމީ ދާއިރާ އަށް އަންނަނީ ކުރީގެ ތަޖުރިބާއިން ހޯދި ފިލާވަޅުތަކާ އެކީގަ އެވެ. އެހެންވެ ދެން ފިލްމުތަކަށް އެއްބަސްވާނީ ވަރަށް ބަލައިފައި ކަމަށް ބުންޏެވެ.

މާ ރަނގަޅު ފުރުސަތުތަކެއް ބޮލީވުޑް އިން ނުލިބުނު ބަތަލާ ބުނިގޮތުގައި އަލުން ބޮލީވުޑަށް އަންނަ އިރު، ބޭނުން ވަނީ އޭ-ލިސްޓް ފަންނާނުންނާ އެކު މަސައްކަތްކުރާށެވެ. އަދި ވަރަށް އަވަހަށް އޭނާ ކުޅޭ ފިލްމެއް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ތަނުޝްރީ، 35، ބޮލީވުޑަށް ނުކުތީ ފިލްމު "އާޝިގް ބަނާޔާ އާޕްނޭ" އިން އިމްރާން ހާޝިމީއާ އެކު 2005 ގަ އެވެ.

ތަނުޝްރީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "އެޕާޓްމަންޓް" އެވެ.

ތަނުޝްކާ އަށް ފަހަކަށް އައިސް ލިބިފައިވާ ސަމާލުކަން ބޮޑެވެ. އޭނާ އަކީ އަންހެނުންނަށް ލިބެމުންދާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ދެކޮޅަށް ކުރިއަށް ގެންދާ މީޓޫމޫވްމެންޓް ބޮލީވްޑްގައި ފެށި ފަންނާނެވެ. އޭނާ އަށް ޖިންސީ ފުރައްސާރަ ލިބުނީ ވިކާސް ބަހްލް އާއި ސާޖިދް ހާންގެ ފަރާތުންނެވެ.

ތަނުޝްކާ ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ދައްކަން ފެށި ވާހަކަތަކާއި ގުޅިގެން ބޮލީވްޑްގެ ވަރަށް ގިނަ ފަންނާނުން ވެސް ވަނީ އެފަދަ ވާހަކަތައް ދައްކާ، އެފަދަ އަމަލުތައް ހިންގި އެތައް ބަޔަކު ފަލީހަތް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު