މިއީ މިދިޔަ މަސް ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެެކެވެ. ޒެންގް ނަމަކަށް ކިޔާ މީހަކު އޭނާގެ ތިމާގެ މީހެއްގެ ގޭގައި "ޕާޓީ" ކުރުމަށްފަހު މަސްތުގެ ހާލުގައި ހުރެގެން ކާރުގައި ދިޔައީ ގެއަށެވެ. ގެއަށް ދިޔަ މަގުމަތީ އޭނާ އެކްސިޑެންްޓްވިއެވެ.

ޒެންގް ދުއްވާފައިދިޔަ ކާރު އެކްސިޑެންޓްވީ މަގުމަތިން ދުއްވާފައިދިޔަ ބެޓަރީ ސައިކަލެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އޭނާއަށް އެއްވެސް އަނިޔާއެއް ނުލިބުމުން އޭނާ ވަނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ދޫކޮށްލާފައި އަވަހަށް އެ ސަރަޙައްދުން ފިލާފައެވެ.

ޗައިނާގެ ޒިބޯގައި މިދިޔަ މާރޗް މަހުގެ 22 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އާއި ކުޑަ ކުއްޖާއަކީ، ކާރުގައި އިން ޒެންގްގެ އަނބިމީހާ އާއި އެދެމީހުންގެ ދަރިފުޅެވެ. އެ ދަރިފުޅު ވަނީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. އަދި މި ހާދިސާއަށްފަހު ޒެންގްގެ އަނބިމީހާ އަށް އަދިވެސް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޒެންގް އާއި އޭނާގެ އަނބިމީހާ، ދަރިފުޅު ގޮވައިގެން ޕާޓީއަށް ގޮސްފައި ވަނީ އެއްކޮށެވެ. އެހެން ނަމަވެސް ޒެންގ މަސްތުގެ ހާލުގައި ހުރުމުން އޭނާއާއި އެކުގައި ނުދާންވެގެން އަނބިމީހާ އާއި ދަރިފުޅު ދިޔައީ ސްކޫޓަރުގައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އެ ސަރަޙައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި، ކުރިއަށްގެންދިޔަ ތަހުޤީޤުން އެއީ ޒެންގް އިހުމާލުވާ ހާދިސާއެއްކަން ވަނީ ހާމަވެފައެވެ. އަދި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިނީ އޭނާކަން ފުޓޭޖްތަކުން ވަނީ ޔަޤީންކުރެވިފައެވެ.

އޭގެ ފަހުން ފުލުހުން ވަނީ ޒެންގް ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް އޭނާ ގެންގޮސްފައެވެ. ނަމަވެސް އޭރު އޭނާގެ ދަރިފުޅު މި ދުނިޔެއާއި ވަކިވެއްޖެއެވެ.

ފުލުހުން މިހާރު ދަނީ ޒެންގް ހައްޔަރުކޮށް މި ހާދިސާ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީސަ

    އެކަމަކުވެސް އަހަރެމެންގެ ތެރެއިން ވެރިކަންވެސް ކުރެއްވި ބޭފުޅެއް ވިދާޅުވިއެވެ، "ބޮވޭނެއެވެ، އަދި ބޮވެންވެސް ޖެހޭނެއެވެ"

    • ތުނޑު ހަސަނު

      ދެން ބޮއެބަލަ، ބޮއެގެން ދުނިޔެ ރަންވެބަލަ