ރަޝިޔާގައި ހަރަކާތްތެރިވަމުން ދިޔަ އާކިއޮލޮޖިސްޓުންގެ ޓީމަކަށް 2137 އަހަރުވީ އައިފޯނެއް ފެނިއްޖެއެވެ.
ތިންވަނަ ގަރުނުގައި އޭރުގެ މޮންގޯލިއާ އަށް ނިސްބަތްވާ ވަރަށް މަޝްހޫރު އަންހެނެއްގެ ކައްވަޅު ތެރެއިން މި ފޯނު ފެނުމުން އެތައް ބަޔަކަށް ވަނީ ސިހުމެއް ލިބިގެން ގޮސްފައެވެ. އޭރުގެ ފެޝަން ތަރިއެއް ކަމުގައިވާ "ނަޓާޝާ"ގެ ނަން ދެވިފައިވާ މި އަންހެން މީހާގެ ކައްވަޅުން ފެނުނު ފޯން އޮތީ މިހާރުގެ އައިފޯނެއްގެ ބައްޓަމަށް ތަންކޮޅެއް ބޮޑު ސައިޒެއްގައެވެ.
ނަޓާޝާގެ ކައްވަޅުން މި ފެނުމުން އާކިއޮލޮޖިސްޓުން މިއީ އައިފޯނެއް ކަމަށް ހީކޮށް ރިޕޯޓް ކުރިނަމަވެސް، ފަހުން އެއީ ހަގީގަތުގައި ފޯނެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް، އޭތީގެ ޑިޒައިނާއި މިހާރުގެ އައިފޯނަކާއި ވަރަށް ވައްތަރުވުމުން އެހެން ހީކުރެވުމަކީ ކުށެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިއީ އައިފޯނެއް ނޫން ނަމަވެސް، ހުރިހާ އެންމެން ގޮތް ނޭނގޭ މި އެއްޗައް ކިޔަމުން އަންނަނީ އައިފޯނެވެ. މި ފޯނުގައި ވަރަށް އަގުބޮޑެތި ޖަވާހިރުތައް ހަރުކޮށްފައި ވާއިރު، މިހާރުގެ ފޯން ކަވަރެއްގައިވެސް އެހައި އަގުބޮޑެތި ޖަވާހިރުތައް އާއްމުކޮށް ހުންނާނޭ ކަމަކަށް ނުބެލެވެއެވެ.
"މި ކައްވަޅު އަހަރެމެންނަށް އައިފޯނާއި ޖަވާހިރު ތަކާއި އެކު ފެނުމަކީ ވަރަށް ބޮޑު ކާމިޔާބެއް. ކައްވަޅު ވަގުންނާއި ހެދި މިފަދަ ގިނަ ތަންތަން ވަނީ އަހަރެމެންނަށް ދިރާސާކޮށް ހޯދަން ނުލިބިފައި" މި އައިފޯނާއި ކައްވަޅު ހޯދި ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ.މަރީނާ ކިލުނަސްވްސްކާޔާ ބުނެފައި ވެއެވެ.
މި ސަރަހައްދުން ނަޓާޝާގެ ކައްވަޅުގެ އިތުރުން، ގެންގިސް ހާންގެ ޒަމާނުގައި ވަޅުލާފައިވާ އެތައް ބައެއްގެ ކައްވަޅުތައް މިހާރު ދަނީ ފެންނަމުންނެވެ.
ފްލޯކު ވާހަކަ. މިއީ 2019. 2100 ވެއްޖެއްޔާ އެވާނީ ދުނިޔޭގަ މީހުން ނޫޅޭ ޒަމާނަކަށް. ކިހިނެްއް ތި ތާރިޙް ލިޔަނީ.
ޚަލޭތީ ގަމާރެއްތަ ނޫނީ ޖާހިލެއްތަ ދުނިޔޭގަ ތާރީހްޖަހަންފެށީ ދުނިޔޭގަ އިންސާނުން ދިރިއުޅޭތާއެތައްގަރުނެއްފަހުން
ކޮން ގޮތަކުން ތި އައި ފޯނަކާ ވައްތަރީ؟ ހަމަ އައި ފޯން މަޝްހޫރު ކޮށްލަން އެހެން ކިޔަން ފެށީ.. ތި ފޯނަކާ ވައްތަރޭ ކީ ދާނެ އެކަމު ސީދާ އައި ފޯނަކާއޭ ވައްތަރީ ކީމަ ގޯސް.
ތިންވަނަ ޤަރުނަކީ 2100 އަހަރު ކުރި؟؟؟
2000 އަހަރުކުރިން އައިފޯން؟؟ އޮޅިގެން؟؟ ހީކުރެވުނީ؟؟
އިސްތިހާރެކެވެ.
މީލާދީ ތާރީޚް ލިޔަންފެށުނީ ޢީސާގެފާނުގެ ޒަމާނުގައި، އޭގެ މާކުރިންވެސް މި ދުނިޔޭގަ މީހުން އުޅޭ.. ހެހެހެހެހެ
މަގޭ ނަން ކިހިނެއް އިނގުނީ؟