ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އާއި ގުޅޭގޮތުން ފެތުރެމުންދާ ދޮގު ވާހަކަތަކާއި ގުޅިގެން ކައިޒީން އަސަރު ގަދަ ބަޔާނެއް ނެރެފިއެވެ.

ކައިޒީން ނެރުނު ބަޔާނުގައި އޭނާ ވަނީ ކައިވެނި ރޫޅުނު ފަހުން އޭނާ އެހެން މީހަކާ އެކު ގުޅުމެއް އޮތް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.

ކައިޒީން ނެރުނު އަސަރުގަދަ ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ދޮގު ވާހަކަތަކެއް ދައުރުވަމުން އަންނަކަން ފާހަގ ކުރެވިފައިވާ ކަމަށާއި، އޭނާގެ އެންމެ ފަހުގެ ކައިވެނި ރޫޅުނު ހިސާބުން އެހެން މީހަކާއި އަދި ކައިވެނި ނުކުރާ ކަމަށެވެ.

"އިވެމުން އަންނަ އަޑުތަކަކަކީ ހަގީގަތެއް ނޫން. އެންމެ ފަހުގެ ކައިވެނި ރޫޅުނު ފަހުން އަދި 3 މަސްވެސް ނުވާއިރު، ދީނީ ނަޒަރަކުން ބަލާއިރު އަހަންނާ އެހެން މީހަކާ ކައިވެނި ކުރުން އަދި ހުއްދަ އެއްވެސް ނުވޭ." ކައިޒީން ބުނެފައި ވެއެވެ.

ކައިޒީން އިތުރަށް ބުނެފައި ވަނީ މިފަދަ އަޑުތައް އެރުވުމުގެ ސަބަބުން ގެއްލުން ވަނީ އޭނާ އަށް އެކަނީ ނޫން ކަމަށާއި، މިވާހަކަތަކުގައި ޝާމިލް ކުރާ އެހެން މީހުންގެ އާއިލާ އާއި ގާތް މީހުންނާއި އޮންނަ ގުޅުންވެސް ހީނަރުވެ، އެތައް މައްސަލަތަކެއް ކުރަމަތިވާ ކަމަށެވެ.

މީސް މީޑީއާގައި ކައިޒީން އަށް ސަމާލުކަން ލިބޭކަމަށް އެއްބަސްވަމުން އޭނާ ބުނެފައި ވަނީ މިފަހަރަކު މިކަންތައް ހައްދުން މައްޗައް ގޮސްފައިވާ ކަމަށާއި، އޭނާ އާއި ބެހޭގޮތުން ތެދު ވާހަކަ އެއް ދައްކާނަމަ އޭނާވެސް އެކަން ގަބޫލު ކުރާނޭ ކަމަށެވެ. ނަމަވެސް، މިހާރު އިވެމުން މިދާ އަޑުތަކަކީ އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ކައިޒީން ވަނީ ފާހަގަކޮށްފައެވެ.

"ބޮޑީ ޝޭމިންގް" ނުވަތަ މީހަކު ހުންނަ ބައްޓަމާއި ސިފައަށް ފާޑު ކިޔުމަކީވެސް ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށް ކައިޒީން ބުނެފައި ވާއިރު، އޭނާ ވަނީ ދޮގު ހަބަރުތައް މީސް މީޑީއާގައި ޝެއާ ކޮށްފައިވާ މީހުން އެ ޕޯސްޓްތައް ރިމޫވް ކުރުމަށްވެސް އެދިފައެވެ.

"މި ކަންތަކަކީ ހުރިހާ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަންކަން. މިކަންކަން ނުހިއްޓިއްޖެނަމަ އަހަރެންގެ ނަން ބަދުނާމު ކުރަމުންދާ މީހުންނާއި ދެކޮޅަށް ގާނުނީ ފިޔަވަޅު އަޅާކަށްވެސް ފަހެއް ނުޖެހޭނަން." ކައިޒީން އާއި ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ މީހުންނާއި ދެކޮޅަށް ދައުވާ ކުރާނޭ ކަމުގެ އިންޒާރު ދެމުން އޭނާ ބުންޏެވެ.

ކައިޒީން އޭ ކިޔައިގެން ދޮގު ވާހަކަތައް ދައްކާ ފަރާތްތަކަށް އެކަން ކޮށްގެން ލިބެން އޮތީ ކޮން ފައިދާއެއްތޯ އޭނާ ސުވާލު އުފައްދާފައި ވާއިރު، އޭނާ ދަންނަ ކަމަށް ހެދިގެން އުޅޭ މީހުންނަށްވެސް މިކަންތަކުގެ ސަބަބުން ފައިދާ އެއް ކުރާނެ ކަމަކަށް ކައިޒީން ގަބޫލެއް ނުކުރެއެވެ.

" އަހަންނަކީވެސް އިންސާނެއް. ހަގީގަތެއް ނެތް މިވާހަކަތަށް މީހުން ކޮމެންޓުކޮށް، ޝެއާ ކުރަމުން ގެންދާތީ ވަރަށް ދެރަވޭ. ރާއްޖޭގެ ރައްޔިތުން އަހަންނަށް ހޯދައިދިން ޕަބްލިސިޓީ އަށް ޝުކުރު އަދާކުރަން. އަދި އަހަރެންގެ ފޭނުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ކުރަން. އެމީހުންނާއި ނުލައި އަހަރެން މިއަދު މިހިސާބަކު ނުހުންނާނެ." ކައިޒީންގެ ފޭނުންނަކީ އޭނާ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރުކަން ފާހަގަކޮށް އޭނާގެ ބަޔާން ނިންމާލަމުން ކައިޒީން ބުނެފައި ވެއެވެ. އަދި ކައިޒީންގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން އިވޭ އެފަދަ ދޮގު އަޑުތައް އަޑު ނޭހުމަށާއި އެކަންކަން ގަބޫލު ނުކުރުމަށްވެސް ކައިޒީން އެތައް ފަހަރެއްގެ މަތިން އޭނާގެ ބަޔާނުގައި އެދިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކައިިޒީން އަކީ ރާއްޖޭގައި އެންމެ ނަން ހިނގާ މޮޑެލްއެވެ. މަޝްހޫރު ބްރޭންޑްތައް އޭނާ ވަނީ ޕްރޮމޯޓްކޮށްދީފައެވެ. އަދި އޭނާ އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލައިގެން ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ވިސްނާ

  ދީނީ ގޮތުން ބަލައިގެން އައުރަ ނިވާ ކުރާނީ ކޮންދުވަހަކުންތަ؟ ގައިމު ހަށިގަނޑު ސޭލު އަޅުވައިގެން ލިބޭ ފުރައްސާރައިގެ ބަސްތަކަށްވުރެ އައުރަ ނިވާ ކުރީމަ ތިމާއަށް އެހެން މީހުންގެ ފަރާތުން ރައްކާތެރިކަމާއި އިހުތިރާމު ލިބޭނެކަން ޔަގީން.

  281
  5
 2. ކުންބޭ

  ދީނީ ނަޒަރަކުން ބަލާނަމަ މަންޖެއަށް މޮޑެލްވެސް ނުކުރެވޭނެ.

  236
  7
 3. ވެދުން

  އޭ ލޮބުވެތި އުޚްތުންނޭވެ! ތިމާގެ ހަށިގަނޑާއި މޫނުގެ ރީތިކަން ފެންނަ ބައެއްކަމުގައި ހަމައެކަނި ތިބާގެ ފިރިމީހާ ހަދާށެވެ. ހިލޭފިރިހެނުންގެ ބެލުންތަކުން ތިބާގެ ޒީނަތްތެރިކަން ނިވާކުރާށެވެ."
  ތިމާ ރޯ އޮރިޔާމުން ހިލޭ ފިރިހެނުންނަށް ދެއްކެމުން މަގުމައްޗަށް ނުކުމެ އުޅެމުން ދީނޭ ކިޔާފަ އަނގަ ނުހުޅުވިއްޔާ މާ ރީތިވާނެ ކަންނެންގެ. ފުރަތަމަ ދީނުގަ އަންހެނުންނަށް އުޅެން އަންގަވާފަ އޮތް ގޮތް ދަސްކޮސްގެން ދީނޭ ކިޔާފަ ބަޔާނާ އެއްޗިސް ނެރޭ

  226
  7
 4. ނިންނި

  އެންމެ ފުރަތަމަ ތިމާމީހާ އަޢުރަ ނިވާކުރަން ފެނޭ
  ހަމަ ތެދެއް މިބުނީ ހީވަނީ ގައިގަ ދަވާދު އުގުޅާގެން އުޅޭހެން ތަފާތަކީ ކޮބާ

  195
  6
 5. މުހަންމަދު

  ހޫ އިޒް ދިސް ؟ ކަހީ ޕަރްވޭސް ޙާން ތޯ ނެހީ ؟؟

  79
  3
 6. މޯދީ

  ޑޭޓް ކުރުމަކީ ކައިވެންޏެއްކުރާވާހަކައެއްނޫން! 3 މަސް ނުވިޔަސްވެސް އެހރން ފިރިހެނަކާއެކު ރެސްޓައުރަންޓަކަށްގޮސް ކޮފީބޮއެ ވާހަކަ ދައްލާ ހެދިދާނެ! ދީނީ ގޮތުން ބޮޑޔބަހުސަކަށްނުދިޔައަސް !

  78
  22
 7. ގަދަކުޑޭ

  ކަނބުލޮ ތިޔަ އުޅެނީ ދީނީގޮތުން ހުއްދަ ލިބިގެން އެގޮތަށް ދޯ މިހާރުވެސް ތިޔަ ހުރި ބަރަހަނާވެފަ

  169
  2
 8. އެސް

  އައުރަ ނިވާނުކޮށް ހުރި ހެންހީއެއް ނުވޭ ގާއިމު

  59
  46
 9. މިއަދު

  ކައިޒީންއަކީ ބަލާލަން ރީތި ކުއްޖެއް ނަމަވެސް ދެރަކަމަކީ މާތްﷲ ކައިޒީންއަށްދެއްވި ރީތި އަދި ފުރިހަމަ ބަރްސޫރަ ނަހަމަގޮތުގައިބޭނުންކުރާކަން މާތްﷲ އަންގަވާފައިވާގޮތަށް ކައިޒީންގެ ތި ބްރްސޫރަ ބޭނުންކުރާނަމަ ކައިޒީންއަކީ ވވ ފުރިހަމަ ކުއްޖަކަށްވީސް

  109
  5
 10. ޓެރޭ

  އަަނހެނަކު ތިޔަހެން ނުކުމެ އުޅުމަކީ ކެހިވެރިކަމުގެ ދަންތޫރާގައި ނުޖެހި ނުދާނެ ކަމެއް ތިޔަހެން އިސްތިހާ ވިއްކާގެން އުޅުމީ ސިންގާ ކޮއްޓަކަށް ބަކެއްޓެއް ލާފަ ނުކާނެ ކަމަށް ހީކުރުން ހަމަ ހިލާ ނުކައި ނުދާނެ.

  62
  1
  • ބައްޔެއްނު

   އިންސާނުންނަކީ ސިންގާއިން ނުވަތަ ބަކަރިންނެއްވެސް ނޫން. ފެންނަ ކޮންމެ އެއްޗެއް ނޮޅައިގެން ކާކަށް ނުޖެހޭ?

   6
   2
 11. ކާށިކިރު

  ކުދިން ހާދަ ޖޭވެޔޭ ދޫ?

  11
  69
 12. Anonymous

  އިސްލާމް ދީނުގެ ނަމުގައި ހުރެ ﷲ ލައުނަތް ލެއްވި އަދި އެކަލާނގެ ޙަރާމް ކުރެއްވި ގޮތަށް އުޅޭމީހުންނަށް އަހަރުމެން ކިޔާއުޅެނީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންނޭ

  83
 13. ޑިރަސާވެރިޔާ

  ކައިޒީން އަސްލު ކާކުތަ؟ މި ބުނީ ކޮންރަށެއްގެ ކޮން އެޑްހެއްގެ ކާކުހޭ؟

  18
  5
  • ބޫމިކާ

   ލިޔަން ދަސްކޮށްގެން ކޮމެންޓް ލިޔެބަލަ

   13
   17
 14. ސުވާލު

  މީހުންނަށް ދައަކަން ހުރިހާކަމެއް ކުރަނީ ތިމާގެ ރީތިކަން. އެންވިއްޔާ މީހުންގެ ތެރެއިން ތި ރީތިކަން ކަމުނުދާމީހުން ވެސް ކޮމެންޓު ކުރާނެ. އެމީހުން ކުރާނީ ނެގްޓިވް ކޮމެންޓު. އެންގެވި ގޮތަށް އުޅޭނަމަ އެއްވެސް މީހަކު އެއްވެސް އެއްޝެކާ ކިޔާކަށް ނުޖެހޭނެ

  38
  1
 15. މީހާ

  ދެން މީ ކާކުތަ؟އެއްވެސް ރީޢްޗެއްނޫން...އައުރަ ނިވާކޮއްބަލަ..

  19
  • Anonymous

   އައުރަ ނިވާކުރަން ޖެހެނީ ހާމައެކަނި ހަޑިވީމައެއް ނޫން!

   16
 16. އެމީހާ

  މީގެކުރިން ކައިޒީންއެއް ހުންނަކަންވެސް ނުދަންނަން. ކުއްލިއަކަށް އަޑުއަރާނީ ކޮންމެސް ކަމެއް ވީމަ ދޯ؟ އަޑެއް ކިއްޔާ ރެނދެއް ލާނެ..

  19
 17. ބަކުރުބެ

  ދީނުގަ އޮތްގޮތަށް ދޯ ތިއުޅެނީ

  14
  1
 18. ދިވެހި މީހާ

  މި ކައިޒީން ވެއްޖެއްނުން ބޮޑު މުސީބާތަކަށް ދީނީ ދަރުސެއް ދީގެންވެސް ވެއްޖެއްނުނ ް މައިތިރި ކުރަން

 19. ަސދ

  400 ޑޮލަރސް

 20. Anonymous

  ރައްމެދު ކާޅު މިކަހަލަ މީހުނަށް ކިޔަނީ.