އެހެން ދުވަހެކޭވެސް އެއްގޮތަށް، މެކްސިކޯއަށް ނިސްބަތްވާ ވައިލްޑް ލައިފް ފޮޓޯގްރާފަރ، ކެވިން ޑޫލީ އެދުވަހުވެސް މަސައްކަތަށް ނުކުތީ އާދައިގެ މަތިން މޮޅު ފޮޓޯއެއް ނަގާލުމުގެ މަގްސަދުގައެވެ. އެދުވަހު އޭނާ ފޮޓޯ ނަގަން ދިޔައީ ބްރެޒިލްގެ ޕަންޓަނާލް ހިސާބުގެ އެމެޒޮން ފޮރެސްޓުގެ ކޯރު ސަރަހައްދަށެވެ.

އެ ކޯރުގައި އޭނާ ދަތުރުކުރަމުންދިޔައީ ކުޑަ ޑިންގީއެއްގައެވެ. މެންދުރު ވަގުތު ޖެހުމުން ނާސްތާ ނެގުމަށް މަޑުކޮށްލިތަނާ އޭނާ އަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. ކިނބުލަކާއި ހަރުފައެއްގެ ހަނގުރާމައެވެ. ހަރުފައަކީ އެނަކޮންޑާއެކެވެ. އޭގެ ދިގުމިނުގައި 28 ފޫޓު ހުރި އިރު އޭތި ހަމަލާދެމުން ދިޔައީ ކިނބުލުގެ އެންމެ ކުދި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކައިމަން އާއިލާގެ ކިނބުލަކަށެވެ.

އެ މަންޒަރު ފެނުމާއެކު ޑޫލީ އޭނާގެ ކެމެރާ ނަގައި މަންޒަރު ކެމެރާގެ ލެންސުން ފޮޓޯގެ ގޮތުގައި ރެކޯޑުކުރަމުން ދިޔައެވެ. އޭނާ އަށް ފެނުނު އެ ކޯޅުމުގައި ހަމަލާ ދޭން ފެށީ އޭގެ ތެރެއިން ކިނބޫ ކަމެއް ހަރުފަ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެއީ އޭނާއަށް ފެނުނު އިރު އެ ކޯޅުން އޮތީ ފެށިފައެވެ.

ޑޫލީ ބުނި ގޮތުގައި ކިނބޫގެ ވަށައިގެން ހަރުފަ އޮޅިގަތް ގޮތުން ކިނބޫގެ އަތް ފައި ބިންދައިގެން ދިޔައެވެ. އަދި އެއާއެކު އަނގަތެރެ ހަރުފައިގެ ބޯމަތިން ކަނދުރާއާ ދިމާއަށް ކިނބުލުގެ ދަތްތައް ކޮއްޕާލި ކަމަށެވެ. އެއާއެކު އެނެކޮންޑާ ފެންގަނޑުގެ ތެރެއަށް ދެމިގަތް ކަމަށާއި ކިނބޫ އެހެން އޮވެ މަރުވީ ކަމަށް އޭނާ ބުންޏެވެ. އަދި އެ ހުރިހާ ކަމެއް ހިނގައިދިޔައީ އެންމެ 8 މިނެޓުގެ ތެރޭގައި ކަމަށްވެސް ޑޫލީ ބުނެފައިވެއެވެ.

އުމުރުން އަށާވީސް އަހަރުގެ މި ފޮޓޯގްރާފަރު ނެގި ފޮޓޯތައް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. ޑޫލީ ބުނި ގޮތުގައި އެފަދަ ކަމެއް ދުވަހަކުވެސް ފެނިދާނެ ކަމަކަށް އޭނާ ހީނުކުރެއެވެ. އަދި އެމަންޒަރުތައް ކެޕްޗަރ ކުރެވުމުން ނަސީބު ރަނގަޅުކަން އިހުސާސްކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކިނބޫ މަރުވެ ދިއުމުން އެކަމާ ދެރަވި ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލް ނޫރު

    ރާއްޖޭގަ ވެސް .އެބަ.ތަޅާ...ތީގެ ދޭތި

    17
    1
    • ލިން

      އެ ފައިޓުގަ ކިނބޫ މޮޅުވެ ބޮޑު ބަޒީރު ހަރުފަ ބަލިވުން ޤައުމަށް ރަނގަޅުވާނި.. އެ ހަރުފައިގެ ވިހައިން ޤައުމު ސަލާމަތްކުރަން އެބަޖެހޭ..

  2. ކޮށިމޮށި

    ހަރުފަ މޮޅުވަމުން ދާކަމައް ފެންނަނީ، ހަމަގައިމުވެސް ރާއްޖޭގަ މިއަދު.

    16
    2
  3. ދަންސޫރަ

    ކިނބޫ ގަދަވާނީ ވެރިކަމުގަހުރީ ކިނބޫ

    18
    4
    • ޙައްގުބަސް

      ކިހިނެތް ގަދަވާނީ ކިނބުލުގެ ދަތެއް ނެތޭ!! އެނެކޮންޑާ ހަރުފަ ވަނީ އޭނާގެ ހޮހޮޅަ ގޭގައި އޭނާގެ ވަށައިގެން ބޭނުން އެހީތެރިކަމެއް ފޯރުކޮށްދެވޭ ވަރުގެ ކުދިކުދި ވާނުވާ ނޭނގޭ ދަންދޮރު އޮޅުންވެސް ނުފިލާ ވަރުގެ ޅަ ހަރުފަތަކެއް ގޮވައިގެން! މިހާރުވެސް ތަޅަމުންދަނީ! ވާނުވާ އެނގޭނީ އަންނަ އަހަރު!

  4. ނަމަ

    ކިނބޫ ވެރިކަމުން ފޭބީމަ ކިނބޫބަލިވާނެ ެއްނު އޭރުން ހަރުފަ މޮޅުވާނީ މިހާރު ރާއްޖޭގަ ވެސް އެހެން ވަމުން މި ދަނީ.....????

    4
    2
  5. އަޙް

    އެންމެ މީހެއް ދޯ އެކި ނަންނަމުގަ ކޮމެންޓް ކޮށްފައި މި އޮތީ

    4
    4