އިންޑިއާގެ އަވަށެއް ކަމަށްވާ މަހަރާޝްޓްރާ އިން އަނގަޔާއި ފައި ބަނދެފައި މަރާލާފައިވާ ކުއްތާތަކެއް ފެނިއްޖެއެވެ.

މުމްބާއީގެ ފުލުހުން މިކަމާއި ގުޅިގެން ބުނެފައި ވަނީ، އާދިއްތަ ދުވަހު މަހަރާޝްޓްރާގެ ބުލްދަނާ ސަރަހައްދުން މަދުވެގެން 90 ވަރަކަށް ކުއްތާތައް އަނގަޔާ، ފައި ބަނދެފައި މަރުވެފައި ތިއްބާ ފެނިފައިވާ ކަމަށެވެ.

އިހާނެތިކޮށް މަރާލާފައި ތިއްބާ ފެނުނު ކުއްތާތައް އެކި ސަރަހައްދުތަކުން ފެނިފައިވާ ކަމަށް އެންޑީޓީވީ އަށް މައުލޫމާތު ދެމުން ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

”100 ވަރަކަށް ކުއްތާ އަނގަޔާ ފައި ބަނދެފައި އެކި މަގުތަކުގައި ތިއްބާ ފެނިފައިވޭ. އެތަނުން 90 ވަރަކަށް ކުއްތާ ވަނީ މަރުވެފައި. 10 ވަރަކަށް ކުއްތާއަށް ތިބީ ވަރަށް އަނިޔާ ކޮށްފައި.” އޭނާ ބުނެފައިވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަވަށުގެ ރައްޔިތުން ފުލުހުންނަށް އެންގުމުން، ފުލުހުން ފޮރެސްޓް ސާވިސްއާއި ގުޅިގެން އެތަނަށް ދިޔައިރު ބައެއް ކުއްތާތަށް ދިރި ތިއްބާ ފެނިގެން ވަނީ ސަލާމަތް ކޮށްފައެވެ. ފޮރެސްޓް ގާޑުން ވަނީ މިކަން ކުރި ފަރާތްތަކާއި ގުޅޭގޮތުން މައްސަލައެއް ބެލުމަށް ފުލުހުނަށް ހުށަހަޅާފައެވެ.

އޮފިޝަލުން ވިދާޅުވީ، ކުއްތާތަށް މަރުވި ސަބަބެއް ސީދާ ބުނާކަށް ނޭނގޭ ކަމަށާއި އެއްޗެއް ދީގެންވެސް މަރުވެދާނެ ކަމަށެވެ. އެހެން ކަމުން ކުއްތާތައް މަރުވި ސަބަބު ސީދާ އެނގިގެންދާނީ ޕޯސްޓް މޯޓަމް ހެދުމުން ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

“ފުލުހުން ތުހުމަތު ކުރަނީ މަރާލާފައިވަނީ ސިޓީ ތެރެއިން ހިފާފައިވާ ކުއްތާތައް ކަމަށާއި އިތުރަށް ތަހުގީގު ކުރުމަށް ކުއްތާތަށް ހިފާ މީހުންނާއި ސުވާލު ކުރާނެ ކަމަށެވެ.” އޮފިޝަލަކު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަރަޕީ

    ދިވެހިންގެ ސިސްޓަމަށް ވަރަށް ހެއްވާ އަދި ޖާހިލު ކޮމެންޓު ހުންނާނެ ކަމަށް ތިރިޔަށް ސްކްރޯލްކޮށްފައި ބަލައިލިއިރު ހަރާންފަދަ އެކައްޗެއްވެސް ނެތް. ކޮބާ ދިވެހިންތައް؟؟؟؟؟؟

    3
    1
    • އަކުރު

      މަވެސް... ބަލާލިއިރު ހަރަފީ އެކަނި ކޮމެންޓް ކޮށްފަ.

  2. teddy