މިއީ އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން، 'ސްޓާބަކްސް' ގެ 15 ހާހަށްވުރެ ގިނަ ގޮފިން ކޮފީ ބުއި މީހެއްގެ ވާހަކައެކެވެ. ވިންޓާ ނަމަކަށް ކިޔާ މީހަކު ވަނީ 1997 ވަނަ އަހަރުން ފެށިގެން 4 ބައްރެއްގައި ގާއިމުކޮށްފައިވާ މަޝްހޫރު ކޮފީ ޗެއިންގެ ގޮފިތަކުން ޙިދުމަތް ހޯދާފައެވެ.

ދުނިޔޭގެ ހުރިހާ ސްޓާބަކްސް އަކަށް ޒިޔާރަތް ކުރަން ބޭނުން ވާނަމަ އެކަމަށް ބޮޑު ސަމާލުކަމަކާ، ކެތްތެރިކަމެއް އަދި ކެފެއިންނަށް ވަކީން ބޮޑު ދެވިހިފުމެއް ހުންނަންޖެހޭނެއެވެ.

ކޮފީ ތަކުގެ އަޖުމަ ބެލުމަށް އާ ތަންތަނަށް ދިޔުން ވެފައި އޮތީ ވިންޓާ ވަރަށް ކުރާ ހިތްވާ ކަމަކަށެވެ. "އަހަރެން ބުނާނީ މިއީ އަހަރެންގެ ވަރަށް ބޮޑު ހޮބީއެކޭ" ވިންޓާ އޭނާގެ ސްޓާބަކްސް ތަޖުރިބާ ސިފަކުރަމުން ބުނަނީ މިހެންނެވެ. މީގެ 22 އަހަރު ކުރިން ވިންޓާ އޭނާގެ ސްޓާބަކްސް ދަތުރު ފެށީ ޓެކްސަސްގެ ޕްލާނޯ ގައި ހުރި ސްޓާބަކްސް އިންނެވެ. އޭރު މުޅި އެމެރިކާ ގައި ހުރީ ސްޓާބަކްސްގެ 1500 އެއްހާ ތަނެވެ. ވިންޓާ ހީކުރީ އޭނާއަށް މިހުރިހާ ތަނަކަށް ވަރަށް އަވަހަށް ދެވޭނެ ކަމަށެވެ.

ނަމަވެސް ދުވަސްވާ ވަރަކުން ސްޓާބަކްސް އަންނަނީ އިތުރަށް މުޅި ދުނިޔޭގައި ފުޅާވަމުންނެވެ. ދާދި އިހަކަށް ދުވަހަކު ކޮފީ ޗެއިނުން ވަނީ އެމީހުންގެ 30،000 ވަނަ ގޮފި ޗައިނާ ގެ ޝެންޒެންގް ގައި ހުޅުވިކަން އިޢުލާން ކޮށްފައެވެ. ވިންޓާ އަށް މިހުރިހާ ތަނަކަށް ދާން ކުރަން ޖެހޭ މަސައްކަތާއި ދޭންޖެހޭނެ ވަގުތު އިތުރަށް ބޮޑުވީ އެވެ.

ކޮންމެ ސްޓާބަކްސް އަކަށް ގޮސްފައި ވިންޓާ އެތަނުން ކަޅު ކޮފީ ތައްޓެއެއްގެ އަޖުމަ ބަލައެވެ. އެ ނެތިއްޔާ އޭނާ ބޮނީ އެސްޕްރެސޯ ކޮފީއެވެ. ކޮފީ ބޮއެފައި އޭގެ ފޮޓޯތައް ނަގައި ވިންޓާ އޭނާގެ ވެބްސައިޓަށް ލައި، އަދި މި ފޮޓޯތައް އޭނާ ސްނެޕް ކުރެއެވެ. ވިންޓާ ބުނިގޮތުގައި އޭނާ ސްޓާބަކްސް ތަކަށް ދާ ވަރުން އޭގެ ތެރެއިން ކޮފީއަށް ލޯބިކުރާ ވަރަށް ގިނަ ރައްޓެހިންތަކެއް އެކި ޤައުމުތަކުން ލިބިފައިވާ ކަމަށެވެ. 2 ވަނަ ގެއެއްގެ ގޮތުގައި އޭނާ ދެކޭ ޕްލާނޯ ސްޓާބަކްސް ގައި ވިންޓާ އޭނާގެ ބައެއް ގާތް ރައްޓެހިންނާ އެކީ ކޮފީ ބުއިމުގައި ވަގުތުތައް ހޭދަކުރެވެ.

ދުނިޔޭގެ ހުރިހާ ސްޓާބަކްސް އަކަށް ދިޔުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެއްގެ ގޮތުގައި ވިންޓާ ވެސް މިހާރު ޤަބޫލުކުރެއެވެ. އެކަމަކު އަދިވެސް ވިންޓާ ހުރީ ދެވޭނެ އެންމެ ގިނަ ސްޓާބަކްސް އަކަށް ގޮސް ދުނިޔޭގެ އެކި ހިސާބުތައް ބަލަން ތައްޔާރަށެވެ. އެއް ފަހަރާ އެއް ތަށީގެ ކޮފީ ޖަހަމުންނެވެ. "އަހަރެން މިކަން މަސައްކަތެއްގެ ގޮތުގައި ނުދެކެން. އެކަމަކު މިއީ ގޯލް އެއް" ވިންޓާ ބުންޔެވެ.

ކިޔުންތެރިންގެ ހިޔާލު