އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު އޭނާ ބަނޑުބޮޑުކަމަށް ހިތާ އޭނާ ހުރީ އެކަމާއި ވަރަށް އުފަލުންނެވެ. އުމުރުން 23 އަހަރުގެ ގްރޭސް ބުނީ، އޭނާ ބަނޑު ފުއްޕަން ފެށުމުން ހީކުރީ މާބަނޑުވުމުުން ކުރިމަތިވަމުން އަންނަ ކަންތައްތައް ކަމަށެވެ.

އޭނާ މާބަނޑުކަން އެނގުނުތާ 12 ހަފްތާ ފަހުން އޭނާ ސްކޭން ހަދަން ދިޔައެެވެ. އޭނާ ސްކޭން ހަދަންދިޔައީ ނޯތް ދުރްހަމްގެ ޔުނިވާސިޓީ ހޮސްޕިޓަލަށެވެ. އެ ސްކޭނުން އޭނާގެ ބަނޑުގައި ކުއްޖެއްގެ ސިފާގައި އޮތް އެއްޗްެއް ފެނިފައެއް ނުވެއެވެ.

އޭނާގެ ބަނޑުން ފެނިފައި ވަނީ މޭބިސްކަދުރު ކަހަލަ އެއްޗެއް ކަމަށް ގްރޭސްގެ ހަޔާތުގެ ބައިވެރިޔާ ޖޯއި ބުންޏެވެ.

ޑޮކްޓަރުން ފަހުން ބުނެފައި ވަނީ، އެއީ މޯލާ ޕްރެގްނެންސީ ކަމަށެވެ. އެއީ ވަރަށް މަދުން މީހުންގެ ފަރާތުން ފެންނަ ކަމެކެވެ. އެއީ ކެންސަރުގެ ބާވަތެއް ކަމަށް ޑޮކްޓަރުން ވަނީ އޭނައަށް އަންގާފައެވެ.

އެކަމާއި ގްރޭސް ހުރީ ވަރަށް ދެރަވެފައެވެ. އޭނާއަށް ހުރީ ޝޮކެއް ޖެހިފައެވެ.

"އަހަރެމެން ދިޔައީ ދަރިއެއް ލިބޭނެތީ، އެހެން ނަމަވެސް ކެންސަރޭ ބުނުމުން ވަރަށް ދެރަވި. އަހަރެން ބޭނުންވީ ހަށިގަނޑުނން އެ ނަގަން".

އެންމެ ފަހުން ޑޮކްޓަރުން ވަނީ އޭނާގެ ހަށިގަނޑުން އެ ޓިއުމަރު ނަގާފައެވެ. އޭގެ ފަހުން ކީމޯ ތެރަޕީވެސް އޭނާއަށް ދެމުން ގެންދިޔައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި ގްރޭސްގެ ހަށިގަނޑުގައި ކެންސަރު ނެތް ކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ގްރޭސް އާއި ޖޯއި އުއްމީދު ކުރަނީ ދެމީހުންނަށް ވަރަށް އަވަހަށް ދަރިއަކު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަރެން

    މިއީ މިކުޑަ ރާއްޖޭގަވެސް ހިނގާފަ ހުރި ކަންކަން. އަހަރެން ވެސް މިކަން ތައް ތަޖުރިބާ ކުރަން ޖެހުނު...ވ ވޭންހުރި ކަމެއް.

    6
    1