މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވެ، މަޝްހޫރުކަން ހޯދައިފާ އުމުރުން 22 އަހަރުގެ ޖާންވީ ކަޕޫރުގެ ކައިވެނީގެ ހުރިހާ ކަމެއް “ޕްލޭން” ކޮށްފިއެވެ. ދެން މިހާރު ބޭނުންވަނީ ހަޔާތުގެ ބައިވެރިއެކެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ވަކި ސިފަަތަކެއް ހުންނަން އޭނާ ބޭނުންވެއެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކައިވެންޏަށް ކުރާ އުންމީދުތަކާއި، އިހުތިޔާރުކުރާނެ ބައިވެރިޔެއްގެ ގައިގައި ހުންނަންޖެހޭނެ ސިފަތައް ހިއްސާކޮށްފައެވެ.

އެގޮތުން، ޖާންވީގެ ބައިވެރިޔަކަށްވާ މީހަކީ ހުނަރުވެރި އަދި ކުރާ މަސައްކަތަށް ލޯބިޖެހިފައިވާ އަދި ދިރިއުޅުމުގައި ކާމިޔާބު މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެމީހެއްގެ ފަރާތުން އޭނާ އަށް އިތުރު ކަންތައްތަކެއް ދަސްވެ، އޭނާ ދެކެ މޮޔަވާވަރަށް ލޯބިވާން ޖެހޭނެ ކަމަށްވެސް ޖާންވީ ވަނީ ބުނެފައެވެ.

މަޝްހޫރު ފިލްމީ ތަރި، ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ ވަނީ އޭނާގެ ކައިވެނީގެ ޕްލޭންތައްވެސް ހިއްސާކޮށްފައެވެ. ޖާންވީ ބުނީ، އޭނާގެ ކައިވެނި ޕާޓީ މާ ގޮތްބޮޑުކުރަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އާދައިގެ ކުޑަ ޕާޓީއެއް ބާއްވަން ކަމުގައެވެ. ކައިވެނި ޕާޓީ ބާއްވަން ބޭނުންވަނީ އިންޑިއާގެ ތިރުޕަތީ ސަރަހައްދުގެ ކޮންމެވެސް ތަނެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަަދި ކައިވެނި އޮންނަ ދުވަހު ލާން ބޭނުންވަނީ “ކަންޖީވަރަމް ޒާރީ ސާރީ” އެއް ކަމަށް ވެސް ޖާންވީ ވަނީ ފާހަގަކޮށްފައެވެ.

މީގެއިރުން އޭނާ ބުނެފައިވާގޮތުގައި، އޭނާގެ ކައިވެނި ހަފްލާގެ ޕާޓީގައި ހުންނާނީ ސައުތު އިންޑިއާގެ ކެއުންތަކެވެ. އަދި އިޑްލީ އާއި ސަމްބަރް ކޮންމެހެންވެސް ޕާޓީގައި ބަހައްޓާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖާންވީގެ ފުރަތަމަ ފިލްމް “ދަޅަކް” މިދިޔަ އަހަރު ރިލީޒްކުރެވުނުއިރު، އެ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާފް

    މަ ވަރަށް ލޯބިވޭ~! މަގޭ މުސާރައަކީ 3100 ދިވެހި ރުފިޔާ ، 500 ރުފިޔާގެ އެލަވެންސް ، 230 ރުފިޔާގެ އޯވަޓައިމް. ޖުމްލަ 3830 ރުފިޔާ! ދެން ކުނިއުކައިދީގެން މަހަކު 4000 ރުފިޔާ! ކުނިގޮޑުންހޮވާ އެއްޗެތި ވިއްކައިގެން މަހަކު 10000 ރުފިޔާ! ނީލަންފިހަރާގައި ބައު އެއްޗެތިވިއްކައިގެން 5000 ރުފިޔާ! މުޅި ޖުމްލަ އާމުދަނީ ދަށްވެގެން މަހަކު 22830 ރުފިޔާ! އެއީ ޑޮލަރުންބަލާނަމަ 1400 ޑޮލަރު!

    52
    4
  2. ހުސޭނުބޭ

    އެހެންވިއްޔާ މޮޔަޔަކާ ކައިވެނިކުރޭ! މިކޮޅުގައިވެސް އެބަހުރި ވަރަށް ކޮލިފައިޑް ބޭކަލެއް! ޖާބެ ރަގަޅުވާނެ!

    84
    2