އަވަށްޓެރި ސްރީލަންކާ އަކީ ބުދިސްޓު މެޖޯރިޓީ އޮންނަ ގައުމެއް ކަމުގައި ވާއިރު، އެ ގައުމުގައި އެ ދީނުގެ މީހުން ފާހަގަ ކުރަމުން ގެންދިޔަ މުނާސަބަތެއްގައި ގެންގުޅުނު އެތެއް، އޭތީގެ ނުލަފާކަން ދައްކާލައިފިއެވެ.

ކޮއްޓެ ރަޖަމަހަ ވިހަރަޔަ ފައްޅީގެ ޕެރަހެރާ މުނާސަބާ ފަހާގަ ކުރަން އެމީހުން އަބަދުވެސް އެތްތައް ބޭނުން ކުރަމުން އަންނައިރު، އެތަނުން އެތެއް ވަނީ ކުއްލިއަކަށް ގަދަ ހަދަން ފަށައި ދުއްވައިގަންނަން މަސައްކަތް ކޮށްފައެވެ. ބެލެވޭ ގޮތުގައި މި އެތް އެގޮތަށް ކަންތައް ކޮށްފައި ވަނީ މާބޮޑަށް އަޑުގަދަ ވުމުން އެކަމާއި ބިރުގަނެ ގެންނެވެ. އެންމެ ކުރީގައި އޮތް އެތް ތެޅޮފޮޅެގަތުމާއި އެކު އޭގެ ފަހަތުގައި ތިބި އެއްތައްވެސް ވަނީ އެ އެއްޗެހި މައްޗައް އަރައި ތިބި މީހުން އޭގެން ވައްޓާލައި، ދުރަށް ދާން މަސައްކަތް ކޮށްފައެވެ.

އެތްތައް މިހެން ކަންތައް ކުރި ވަގުތު އެ މުނާސަބާގައި ބައިވެރިވި 17 މީހަކަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރެއިން އަނިޔާވި 12 މީހުންނަނީ އަންހެނުން ކަމުގައި ވާއިރު، ކުޑަކުދިންވެސް ހިމެނެއެވެ. އެތްތައް މަގުމަތީގައި އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، ޗަސް ކޮއްލާފައި ދާ މަންޒަރު ފެންނަ ވީޑިއޯ ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

ފަހުން އެތްތައް ކޮންޓްރޯލް ކޮށް، އެތްތަކާއި ނުލައި މުނާސަބާ ވަނީ ނިންމާލާފައެވެ. ބުދިސްޓުން ކަލާނގެ އެއް ގޮތުގައި ދެކޭ ބުއްދާގެ ހަޔާތުގައި ހިނގި އެކިއެކި ކަންކަން ކަމަށް ބުނެ އެމީހުން އެކި މުނާސަބާތައް ފާހަގަކުރާ އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއް ތެރެއިން އެންމެ ގިނައިން ދީނީ ޗުއްޓީތައް ލިބެނީވެސް ލަންކާގައި ކަމެވެ. މިގޮތުން ކޮންމެ މަހެއްގައިވެސް ފުރިހަމަ ހަނދު ހާމަވާ ރެއަކީ އެ ގައުމުގެ ހުރިހާ ހިސާބެއްގައިވެސް ރަސްމީ ޗުއްޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫސިޓީ

    މުސްލިމުން ހަނާކޮށްފަ ބުއްދާކުރިމަތީގަ ބޭނުންހާ ގޮތަކަށްނުއުޅެވޭނެކަން މިކަމުން ވެސް ވަރަތްސާު.

    35
    4
  2. ޓިނު ވަގު

    ތިޔައީ ކެރަފާ ޢާއިލާއަށް ނިސްބަތްވާ ޖަމާޢަތެއް... އެމީހުން އެ ތިބީ އެހެން ގޮތެއް ހޯދައިގެން.. ދެން ޓަޓާސް ޓަސް..

    23
    5