23:36

އައިފޯން 11 ޕޮރޯގެ ފަށާ އަގަކީ 999 އެމެރިކާ ޑޮލަރު. އައިފޯން 11 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1099 އެމެރިކާ ޑޮލަރު. މި ފޯނަށް މިމަހުގެ 20 ވަނަ ދުވަހުން ފަށައިގެން އޯޑަރު ކުރެވޭނެ.

23:34

އައިފޯން 11 ޕްރޯގެ އާ ފީޗާތައް

23:31

23:28

އެޕަލް އައިފޯން 11 ޕްރޯ އާއެކު "ޑީޕް ފިއުޝަން" ނަމަކަށްކިޔާ ފީޗާއެއް ތަޢާރަފްކޮށްފައިވޭ. މި ފީޗާގެ ސަބަބުން ފޯނުގެ ޝަޓަރ ބަޓަނަށް އެއްފަހަރު ފިއްތާލުމުން 9 ފޮޓޯ އެއްފަހަރާ ނަގާލާ. އެއަށްފަހު އެންމެ ސިކުންތެއްގެ ތެރޭގައި އޭގެތެރެއިން އެންމެ ކްއެލިޓީ ރަނގަޅު ފޮޓޯ ފޯނުން އަމިއްލައަށް ހޯދާ.

23:24

އެޕަލް އައިފޯން 11 ޕްރޯގައި ތިން ބެކް ކެމެރާ ހުރޭ. އޭގެތެރޭގައި ހިމެނެނީ 12 މެގަޕިކްސަލްގެ ވައިޑް ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ ޓެލެފޮޓޯ ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ އަލްޓްރާ ވައިޑް ކެމެރާ އެއް.

23:19

އެޕަލް އައިފޯން 11 ޕްރޯގެ ދެ ސައިޒެއް އުފައްދާފައިވޭ. އޭގެތެރޭގައި ހިމެނެނީ 5.8 އިންޗި އާއި 6.5 އިންޗީގެ ޑިސްޕްލޭ. މި ފޯނުގައި ބޭނުންކޮށްފައި ވަނީ ސުޕާ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް. މިއީ މިފަދަ ޑިސްޕްލޭއެއް އައިފޯނެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރު.

23:16

އެޕަލް އައިފޯން 11 ޕްރޯގައި ލޯ-ޕަވާ ގިނަ ޓެކްނޮލޮޖީ ބޭނުންކޮށްފައިވޭ. އެހެންކަމުން މި ފޯނުގެ ބެޓަރީ ލައިފް، އެހެން ފޯނުތަކަށްވުރެ ދިގު ވާނެ.

23:14

އެޕަލް އައިފޯން 11 ޕްރޯގެ ދެ ވާޝަނެއް ނެރޭ. މި ފޯނުގެ ފަހަތުގައި ބޭނުންކޮށްފައި ވަނީ މެޝިން ގްލާސް. މި ފޯނުގެ ހަތަރު ކުލައެއް ނެރޭ. އޭގެތެރޭގައި ސްޕޭސް ގްރޭ، ސިލްވާ އަދި ގޯލްޑްގެ އިތުރުން މުޅި އަލަށް ނެރޭ ކުލައެއް ކަމަށްވާ "މިޑްނައިޓް ގްރީން" ނެރޭނެ.

23:10

މިއީ މިހާތަނަށް އުފައްދާ ފުރަތަމަ "ޕްރޯ" އައިފޯން. ކުރީގެ އައިފޯންތަކުގެ ޑިޒައިނާއި މި ފޯނުގެ ޑިޒައިން ތަފާތު ވާނެ.

23:09

އައިފޯން 11 ޕްރޯ ލޯންޗްކޮށްފި

23:08

އެޕަލް އައިފޯން 11 ގެ ފެށޭ އަގަކީ 699 އެމެރިކާ ޑޮލަރު.

23:04

އެޕަލް އައިފޯން 11: މޯބައިލް ގޭމް ކުޅޭ ފަރާތްތަކަށް އުފާވެރި ޚަބަރެއް. ކުރީގެ އައިފޯނުތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ޑިސްޕްލޭއަކާއެކު އުފައްދާފައިވާ މި އައިފޯނުގައި އެންމެ ޚާއްސަ އެއްކަމަކީ ފޯނުގެ ގްރެފިކްސް މަތިވުން. އެންމެ ފަހުގެ ވީޑިއޯ ގޭމްތައް މި އައިފޯނުން އެއްވެސް އަޅައިގަތުމެއް ނެތި ކުޅެވޭނެ.

23:01

އެޕަލް އައިފޯން 11 ގައި ބޭނުންކުރަނީ އޭ13 ބަޔޮނިކް ޗިޕެއް. މިއީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރާ އެންމެ ވަރުގަދަ ޗިޕް އަދި މިހާތަނަށް ފޯނެއްގައި ބޭނުންކުރެވޭ ސީޕީޔޫ އަދި ޖީޕީޔޫގެ އެންމެ ހަލުވި ޓެކްނޮލޮޖީ.

22:59

ކުރީގެ އައިފޯން ތަކާއި ޚިލާފަސް އައިފޯން 11 ގެ ފްރޮންޓް ކެމެރާއި ސްލޯ މޯޝަން ވީޑިއޯ ނަގާލެވޭ.

22:58

އެޕަލް އައިފޯން 11 ގެ ކެމެރާއަށް ބޮޑެތި ކުރިއެރުންތައް ގެނެވިފައިވޭ. މި ފޯނުގައި ވެސް ދެ ބެކް ކެމެރާ ހުންނާނެ. މި ކެމެރާއަކީ މިހާތަނަށް ސްމާޓް ފޯނަކުން އެންމެ ކްއެލިޓީ ރަނގަޅު ވީޑިއޯ ރެކޯޑުކޮށްލެވޭ ކެމެރާ.

22:54

އެޕަލް އައިފޯން 11 ގެ 6 ކުލައެއް ނެރޭނެ. އޭގެތެރޭގައި ހުދު، ރީނދޫ، ކަޅު ރަތް އަދި ދަނބު ކުލަ ހިމެނޭ.

22:51

އެޕަލް އައިފޯން 11 ލޯންޗްކޮށްފި.

22:50

އެޕަލް އައިވޮޗް ސީރީޒް 5ގައި ހިމެނޭ ބައެއް ފީޗާތައް:

22:45

ސީރީޒް 5 އައިވޮޗްގެ ފެށޭ އަގަކީ 399 އެމެރިކާ ޑޮލަރު. މި މަހުގެ 16 ވަނަ ދުވަހުން ފަށައިގެން އެޕަލްގެ އާ އައިވޮޗްއަށް އޯޑަރު ކުރެވޭނެ.

22:41

ކުރީގެ އައިވޮޗްތަކަށްވުރެ ގިނަ ފީޗާތަކާއެކު އުފައްދާފައިވާ އެޕަލް އައިވޮޗް ސީރީޒް 5ގެ ބެޓަރީ 18 ގަޑިއިރަށް ޗާޖު ހިފަހައްޓާނެ. ރެޓިނާ ޑިސްޕްލޭއަކާއެކު އުފައްދާފައިވާ މި އައިވޮޗްގެ ޑިސްޕްލޭ އަބަދުވެސް އޮންކޮށްފައި ބެހެއްޓޭނެ.

22:39

އެޕަލްގެ އާ "އެޕަލް ވޮޗް" ލޯންޗްކޮށްފި. މިއީ އެޕަލް އައިވޮޗް ސީރީޒް 5.

22:33

ރެޓިނާ ޑިސްޕްލޭއެއް އެކުލެވިގެންވާ އެޕަލް އައިޕެޑް އާއެކު ސްމާޓް ކަނެކްޓަރެއް މެދުވެރިކޮށް ފުލްސައިޒް ސްމާޓް ކީބޯޑެއް އައިޕެޑާއި ގުޅާލެވޭނެ. އެޕަލްގެ އާ "އެޕަލް ޕެންސިލް" އަކާއެކު ނެރޭ މި އައިޕެޑްގައި 8 މެގަޕިކްސެލް ކެމެރާއެއް ހުރޭ.

22:32

ދެން ނެރޭނެ އައިޕެޑް ދައްކާލައިފި. އެއީ 10.2 އިންޗި ބޮޑުމިނުގެ އައިޕެޑެއް. އައިޕެޑްގައި އޭ10 ފިއުޝަން ޗިޕެއް ހިމެނޭނެ. އައި ކީބޯޑާއި ގުޅާލުމަށް ސްމާޓް ފީޗާއެއް ހިމެނޭނެ.

22:30

އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ތައާރަފްކޮށްފި. މި އައިޕެޑަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. ކުރީގެ އައިޕެޑްތަކަށްވުރެ އެތައް ގިނަ ކުރިއެރުންތަކާއެކު އުފައްދާފައިވާ މި އައިޕެޑް ވިއްކަން ހަމަޖެހިފައި ވަނީ 325 އެމެރިކާ ޑޮލަރަށް. ބަރުމިނުގައި ޕައުނޑެއް ހުންނަ "ސެވަންތް ޖެނެރޭޝަންގެ މި އައިޕެޑްގެ ސްކްރީނުގެ ބޮޑުމިނަކީ 10.2 އިންޗި.

22:29

އައިޕެޑް އައިއޯއެސްގެ ދެން ނެރޭ ވާޝަންގައި ފައިލް މެނޭޖްމަންޓަށް ހާއްސަ އާފީޗާސްތަކެއް ހިމެނޭނެ.

22:23

އެޕަލް ޓީވީ ޕްލަސްގެ ޚިދުމަތް ނޮވެމްބަރ 01 ވަނަ ދުވަހު 100 އަށް ވުރެ ގިނަ ގައުމަށް ލޯންޗް ކުރާނެކަން އިއުލާން ކޮށްފި. މިއީ ވެސް މަހަކު 4.99 އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ޚިދުމަތެއް.

22:21

އެޕަލް އާކޭޑް ޚިދުމަތް ސެޕްޓެމްބަރ 19 ގައި ލޯންޗް ކުރާނެކަން އިއުލާންކޮށްފި. އެއީ މަހަކު 4.99 އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ޚިދުމަތެއް. އަދި އެއްމަސް ދުވަހުގެ ފްރީ ޓްރިއަލް އެއް ވެސް ލިބޭނެ. މިއީ ގޭމިން ޚިދުމަތެއް.

އެޕަލްގެ އާ އައިފޯނާއި، އެޕަލް ކުންފުނީގެ އިތުރު އުފެއްދުންތައް ނެރުމަށް ބާއްވާ ހަފްލާ އެމެރިކާގެ ކެލިފޯނިއާގައި ފަށައިފިއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު