މަންމަ އޮތީ މަރުވެފައިވާކަން ނޭނގި ފަސް އަހަރުގެ ކުއްޖަކު އޭނާގެ މަންމަގެ ގަބުރު ކައިރީ އޮވެ ނިދައިފިއެވެ.

ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ މަންމަ ކައިރީގައި އޮވެ އުމުރުން ފަސް އަހަރުގެ ކުއްޖާއަށް ނޭނގި ނިދީ ދަންވަރުގެ ވަގުތެއްގައެވެ.

އިންޑިއާގެ އޮސްމާނިއާ ޖެނެރަލް ހޮސްޕިޓަލްގައި އެ މީހާއަށް ފަރުވާދިން ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް ވަނީ މަރުވެފައެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ކައިރީގައި ހުރީ ހަމައެކަނި އެ ފަސް އަހަރުގެ ކުއްޖާއެވެ. އިތުރު މީހަކު އޭނާ ކައިރިއަކު ނެތެވެ.

އެ އަންހެން މީހާ މަރުވެފައި ވަނީ އެރޭ 11:30 ހާއިރުއެެވެ. ޝުައިބް ނަމަކަށް ކިޔާ އެ ކުއްޖާއަށް އޭނާގެ މަންމަ މަރުވެފައިވާކަން ނޭގި އެރޭ ދަންވަރު 2:30 ވަންދެން އެ މަންމަ ގާތުގައި އޮވެ ނިދިއެެވެ. ހޮސްޕިޓަލްގެ ނަރުހުންނާއި ސްޓާފުންވެސް އެ ކުއްޖާއަށް އޭނާގެ މަންމަ އޮތީ މަރުވެފައިކަން އެންގިއެވެ. ނަމަވެސް އެ މަންމަ ދޫކޮށްލާފައި އެ ކުއްޖާ ދާން ބޭނުން ނުވީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ އޭނާގެ މަންމަ ވަޅުލުމަށް ސަހަރާއަށް ގެންދަންދެން އޮތީ އެ މަންމަ ގާތުގައި ނިދާފައެވެ.

އެ ކުއްޖާ މިހާރު ވަނީ އޭނާގެ ބޮޑުބޭބެ އާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާގެ އޮޓޮޕްސީ ރިޕޯޓްތަކުން ދައްކާގޮތުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަން ޔަގީންވެފައިވާކަމަށެެވެ.