އެޕަލްގެ އުފެއްދުމެއް ކަމަށްވާ އައިފޯން އަކީ ދިވެހިން އަބަދުވެސް ގަޔާވާ ފޯނެކެވެ. އާ މޮޑެލްގެ އައިފޯންތައް ނެރޭއިރަށް އެ ފޯން ގަތުމަށް އެތައް ބަޔަކު އުޅެއެވެ. ކޮންމެ އަހަރަކުވެސް އެޕަލް އިން އައިފޯން ސީރީސްގެ ފޯންތަކަށް ބަދަލުތައް ގެނެސްގެން ނެރެމުން ދެެއެވެ. އެއާއެކު ބައެއް ދިވެހިން އުޅެމުން ދަނީ އަހަރުން އަހަރަށް ފޯނު ބަދަލު ކުރުމުގައެވެ.

މީގެ ތެރެއިން ބައެއް މީހުން ލިބޭ މުސާރަ އެއްކޮށްގެން ފޯނު ގަނެއެވެ. ބައެއް މީހުން އެއް މަހު މުސާރައިން އެއްވެސް އިތުރު ކަމެއް ނުކޮށް، ފޯނު ގަތުމަށް ހަރަދު ކޮށްލައެވެ. ބައެއް މީހުން ފޯން ގަންނަނީ ކޮންމެ މަހަކު ވަކި ވަރަކަށް ފައިސާ ދައްކައިގެންނެވެ.

ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހަވީރު ރާއްޖޭ ގަޑިން 17:00 ގައި ފޯނުތަކުގެ ޕްރީ އޯޑަރަށް ހުޅުވާލާއިރު، އެކަމަށް ފައިސާ އެއްކޮށްގެން ތިބީ ކިހާ މީހުނެއް ހެއްޔެވެ؟.

މިވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ. މިފަހަރު ދައްކަން މި އުޅެނީ އާ އައިފޯން 11 ޕްރޯގެ ފަހަތުގައިވާ ކެމެރާއާ ގުޅޭ ގޮތުން މިހާރު މީސް މީޑިއާގައި ދައްކަމުންދާ ވާހަކައެެވެ.

ކުރިންވެސް އައިފޯން11ގެ ސީރީސްގައި ހިމެނޭ ފޯނެއްގެ ކެމެރާ އާއި ގުޅޭގޮތުން ގިނަ ބަޔަކު ޖޯކު ޖެހިއެވެ. އެއިރު ނެރުމަށް ނިންމާފައިވާ ފޯނުގެ ކެމެރާ ހުންނައިރު، ކޮން ގޮތަކަށް ކަން ޔަގީން ނުވި ނަމަވެސް ތުންތުން މަތިން އެ ފޯންގެ ކެމެރާ ހުންނާނެކަމުގެ މައުލޫމާތު ދެކެވިގެން ދިޔައެވެ. އަނެއްކާ ރޭ އައިފޯން11 ޕްރޯގެ ހިމެނޭ ދެ ސައިޒުގެ ފޯންތައް ދެއްކުމާއެކު އެކަން މި ވަނީ ޔަގީންވެގެން ގޮސްފައެވެ.

އައިފޯން 11 ޕްރޯގެ ފޯންތަކުގެ ކެމެރާ ކޮލެޓީ ވަރަށް މޮޅެވެ. މީސް މީޑިއާގައި ދަައުރުވަމުންދާ ފޮޓޯތައް ބުނާގޮތުގައި، އެ ކެމެރާތަކަކީ ކައްކަން ބޭނުން ކުރާ އުނދުނު ކަމަށް ޖޯކު ޖަހާފައި ވެއެވެ. އަދި މީގެ އިތުރުން، އައިފޯން 11 ގެ ކެމެރާ ލޯނާއްޓާވެސް ވައްތަރުކޮށްފައި ވެއެވެ. މީގެ އިތުރުން، ސަޕްރައިޒް އިމޯޖީ އާއި ބޯޅައަކާއި ވައްތަރު ކޮށްފައި ވެއެވެ.

އެ އައިފޯން 11 ޕްރޯގައި ތިން ބެކް ކެމެރާ ހުންނާއިރު، އޭގެތެރޭގައި ހިމެނެނީ 12 މެގަޕިކްސަލްގެ ވައިޑް ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ ޓެލެފޮޓޯ ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ އަލްޓްރާ ވައިޑް ކެމެރާ އެކެވެ.

ބައެއް މީހުން މީސް މީޑިއާގައި ޖޯކު ޖަހަމުން ދަނީ އެ މީހުންނަށް އައިފޯން 11 ޕްރޯ ނުގަނެވި، ގަނެވޭނީ ކާއްޓެއް ކަމަށް ބުނެއެވެ.

އައިފޯނަކީ އެތައް ދިވެހިންނާއި ގުޅިފައިވާ ފޯނެކެވެ. އެތައް ދިވެހިންނެއ އިންތިޒާރު ކުރަމުން އަންނަ ފޯނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަމާނީ

    މަށަށް އަދި އައިފޯނެއްގައި އަތް ޖައްސާލަންވެސް ނުލިބޭ. ވަރަށް ބޭނުން ފޯނެއް

    3
    1
  2. މުލޮގެރި ކާޅު

    އެއީ ކާޓެއް އުދުނެއް ބޯޅައެއް ބޯ ހަލާކު