މާލެ އާއި ހުޅުމާލޭ ގުޅުވައިދޭ ސިނަމާލޭ ބްރިޖު ހުޅުވި ފަހުން ޓެކްސީ އަށް އޮންނަ ޑިމާންޑް ބޮޑުވެފައި ވާއިރު، ޓެކްސީ ސެންޓަރުތަކުން އަގުބޮޑުކޮށް ދަތުރުތައް ކުރާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ޑްރައިވަރުންނަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް، މިއަދު ހިނގި ހާދިޘާ އަކުން އަދިވެސް ޓެކްސީ ކުރާ ބައެއް ފަރާތްތަކުން އަގަށް ބެލުމެއް ނެތި ހޮޔެ ހިތަކާއި އެކު ހިލޭ ސާބަހަކަށް ކަންކަން ކޮށްދޭކަން މިވަނީ ހާމަވެފައެވެ.

ރާއްޖެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރާ ގައުމު ޗައިނާގެ މީހަކު އަވަސް ރައިޑުގެ ޓެކްސީ އަކުން ދަތުރު ކުރުމަށްފަހު އޭނާގެ ލަގެޖެއް ހަނދާން ނެތިގެން ވަނީ ޓެކްސީ ތެރޭގައި ބޭއްވިފައެވެ. މިކަން އޭނާ އަށް އެނގުމުން ވަގުތުން އެ ޑްރައިވަރަށް ގުޅައި ވެގެން އުޅޭގޮތް އޮޅުން ފިލުވައި ދިނެވެ. މިއާއި އެކު ހުޅުމާލޭގައި އެވަގުތު ހުރި އެ ޑްރައިވަރު ވަނީ ވަގުތުން ބްރިޖު ހުރަސްކޮށް، މާލެ އަރައި އެ ފަތުރުވެރިޔާ އަށް އޭނާގެ ލަގެޖު ރައްދުކޮށްދީފައެވެ.

ފާޙަގަކޮށްލަން ޖެހޭ ކަމަކީ މި ދަތުރަށް އެ ޓެކްސީ ޑްރައިވަރު އެއްވެސް އަގެއް ނުނަގާ ކަމެވެ. ބައެއް ޑްރައިވަރުން މިގޮތަށް ހަނދާން ނެތިގެން ބެހެއްޓޭ އެއްޗެހި ރައްދު ކުރަން އަންނަ ދަތުރަށްވެސް ފައިސާ ނަގާއިރު، އަވަސްރައިޑުގެ އާދަމް ސާމީ ކަންތައް ކުރީ ކޮންމެ މީހަކުވެސް އެންމެ ހިތްހަމަ ޖެހޭނޭ ގޮތަށެވެ.

"މިއަދު ހެނދުނު އަހަރެން އަވަސް ރައިޑުގެ ޓެކްސީ އަކަށް އަރައި ހަނދާން ނެތިގެން ފަހަތު ސީޓުގައި ލަގެޖެއް ބާއްވާފައި ނިކުމެވުނީ. މިކަން އެނގުމުން އެ ޑްރަވައިރަށް ގުޅާފައި އެދުނިން އޭތި ރައްދުކޮށްދޭން. އެވަގުތު އޭނާ ހުރީ ހުޅުމާލޭގައި ނަމަވެސް، އޭނާ ވަގުތުން މާލެ އައިސް ލަގެޖް އަހަންނަށް ރައްދު ކޮށްދިން. އަދި އެއްވެސް ފައިސާ އެއްވެސް ނުނަގާ. މިއީ އަހަރެން މާލެ ދެކެ ލޯބިވާ ކަމަކީ. އާދަމް ސާމީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އެ ފަތުރުވެރިޔާ ކުރި ޓްވީޓުގައި ބުނެފައި ވެއެވެ.

މިފަދަ ކަންކަމަކީ ދިވެހި ރާއްޖޭގެ ނަމަށްވެސް ލިބޭ ރީތިކަމެއް ކަމުގައި ވާއިރު، ޓެކްސީ ޑްރައިވަރުންގެ އިތުރުން އާއްމު ހުރިހާ ފަރުދުންވެސް ފަތުރުވެރިންނާއި އެކަކު އަނެނަކަށް މިގޮތަށް ކަންތައް ކޮށްދިނުން އާދަ ކުރުމަކީ މުޖުތަމައުގައި އުޅޭ ހުރިހާ އެންމެނަށްވެސް އޭގެން ފައިދާ ކުރާނޭ ކަންތައް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އަވަސް ރައިޑްއަކީ ދިވެހިން އިތުބާރު ހޯދާފައިވާ ޓެކްސީ ސެންޓަރެއްގެ އިތުރުން، ޓެކްސީ އެޕްއެއް މެދުވެރިކޮށް ހިދުމަތް ދެމުން އަންނަ ބައެކެވެ. އެ މީހުންގެ ފްލީޓްގައި 500 އަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިސްމާލް

  ސާބަހޭ!! ފަހުރުވެރި ދިވެހި ދަރިޔެއްތީ!

  86
  1
 2. ޓްރޭސް

  ސާމީ ގައިގަ ތިހުރީ ދިވެހިލޭ.

  61
  2
 3. ތެދު

  ﷲތިބާއަށް ހެޔޮސަވާބް ދެއްވާށި

  61
 4. ހިތަށް އަރަނީ...

  މަގުމަތިން ޓެކްސީ ނުހޯދައި، އަވަސް ރައިޑުން ޓެކްސީގެ ޚިދުމަތް ހޯދައިފި ނަމަ، ޓެކްސީ ނަމްބަރާ، ޑްރައިވަރުގެ މަޢުލޫމާތު އެނގޭނެ އެވެ. ވީމާ އެގޮތަށް ޓެކްސީގައި ބެހެއްޓޭ އެއްޗެއް ނުދޭން އުޅެފިނަމަ، ޑްރައިވަރު ބޭޒާރު ވާނެއެވެ. ފަހަރުގައި ކުށްވެރި ވެސް ވެދާނެ އެވެ. އެހެންކަމުން މިފަހަރު ތިކަމުގައި އެއްޗެއް ބުނާކަށް ނެތީމެވެ. ބުނެވޭނެހާ ވެސް ވާހަކައަކީ ދަތުރުވެރިޔާ ގެ އިހުމާލުން ޓެކްސީ ތެރެއަށް ދޫކުރެވުނު އެއްޗެއް، އަނބުރާ ރައްދުކޮށް ދިނުމަށް ޑްރައިވަރު ދިޔައީ ހުޅުމާލެއިން، މާލެ އަށެވެ. ކޮޅަކަށް -/75ރުފިޔާގެ ދަތުރެކެވެ، އަވަސް އަށް -/75ރުފިޔާ ގެ ގެއްލުމެކެވެ. އެދަތުރަށް ފީ ނެގިނަމަ ވެސް ގޯހެއް ވާނެކަމަކަށް ނުދެކެމެވެ.

  1
  10
  • ހިތް ބުނަނީ

   ހިތަށް އަރަނީ ފައިސާ އާއި ހެދި ބޫތު ކައިފަ ތިބޭމީހުން ވެސް ކޮމެންޓް ކޮށް އުލޭނެތާއޭ