ކައިވެނީގެ ގޮށް ޖަހާލެވުމަކީ މީހެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަސްކަމަށްވެދާނެ އެވެ. މި ދުވަހާ ގުޅުވައިގެން އެތައް ބަޔަކު ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. އެގޮތުން ކައިވެނީ ވަލީމާއަށް ތައްޔާރުވުމުގެ ގޮތުން އެކި ކަންކަން ރާވައި އަގުބޮޑެތި ހެދުމާއި ތަކެތި ހޯދައި އެ ހަރަކާތް އެންމެ ޕާފެކްޓު ކުރެވޭތޯ ބަލައެވެ.

ނަމަވެސް މިއީ ކުރުން ލާޒިމް ކަމެއް ނޫނެވެ. ކިތަންގެ ކުޑަކޮށް ބޭއްވިއަސް އެ ހަފްލާ ޚާއްސަ ނުވެ ނުދާނެއެވެ. އެކަން މި ދެމަފިރިން ސާބިތުކޮށްދީފިއެވެ.

ނޯދަމްބަރލޭންޑް އަށް ނިސްބްތާ 30 އަހަރުގެ ގްލެން މެކްސްވެލްއާއި 26 އަހަރުގެ ރެބޭކާ މެކްސްވެލް ކައިވެނީ ގޮށް ޖަހައި ކައިވެނީގެ ޙަފްލާ ބޭއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. ވެޑިން ޑްރެސްއެއްގެ ބަދަލުގައި ހަފްލާގައި ދެމީހުން ލައިގެން ތިބީވެސް އާދައިގެ ހެދުމެކެވެ. ޖީންސާއި ޓީޝާޓެވެ.

އެ ދެމީހުން ބުނެފައިވަނީ ކައިވެނި ހަފްލާ ޚާއްސަކުރުމަށްޓަކައި ކޮންމެހެން ބޮޑެތި ޚަރަދުތަކެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި ކިތަންމެ އާދައިގެ ގޮތަކަށް ހަފްލާ ބޭއްވިޔަސް ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް ހީނަރުކަމެއް ނާންނަ ކަމަށްވެސް އެ ދެމީހުން ބުނެފައިވެއެވެ.

އެ ދެމީހުން އާދައިގެ ކައިވެނި ހަފްލާއެއް ބޭއްވި އިރު، އެ ދެމީހުންނަކީ ބޮޑު މުސާރައެއް ލިބޭ ބައެއްކަން ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު