އިންޑިއާގެ ގޮރަޚްޕޫރްގައި އަންހެނަކު ފޯނުން ވާހަކަދައްކަމުން ގޮސް ހަރުފައެއްގެ ގައި މަތީގައި އޮޅިގެން އިށީންނުމުން، އެ ހަރުފަ އެ އަންހެން މީހާގެ ގައިގާ ދަތް އެޅީއެވެ. އެކަން ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ އެ އަންހެން މީހާ ވަނީ މަރުވެފައެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާގައި ނިޔާވީ ގީތާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ އެގަޑީގައި ގުޅައިގެން ހުރީ ފިރިމީހާ ޖައި ސިންގ ޔަދަވް އަށެވެ. އޭނާ ފިރިމީހާ އަކީ ތައިލެންޑްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އިއްޔެ ފިރިމީހާއަށް ގުޅައިގެން ފޯނުން ވާހަކަދައްކަމުން ގޮސް އޭނާއަށް އިށީންދެވުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައެވެ. އޭނާ އިށީންދުނީ އެނދުމަތީގައި އެއްޗެއް އެއްޗެއް އޮވެދާނެ ކަމަށް ނުބަލާ އެވެ. އެއިރު އޭނާގެ އެނދުމަތީގައި އެ ހަރުފަ އޮތެވެ.

އެ ހަރުފަ އޮތީ ގީތާގެ އެނދުގެ ބެޑްޝީޓް މަތީގައެވެ. ގީތާ ގޮސް އެދުމަތީ އޮތް ހަރުފަ މަތީ އިށީންދެވުމާއެކު އެ ހަރުފަ އޭނާގެ ގައިގާ ދަތް އެޅިއެވެ. އަދި އިރުކޮޅެއް ފަހުން ގީތާގެ ހާލު ދެރަވާން ފެށިއެވެ.

ގީތާގެ އާއިލާ މީހުން ވަގުތުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ގީތާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާގެ އާއިލާގެ މީހުންނާއި، އަވައްޓެރިން ގެއަށް ވަދެ، އޭނާގެ ކޮޓަރި ބެލިއިރު، އެ ހަރުފަ އެ އެނދުމަތީ އޮތް ކަމަށް ވެއެވެ. އަދި އެ މީހުން ރުޅި އައިސްގެން އެ ހަރުފަ މަރާލިއެވެ.

ކިޔުންތެރިންގެ ހިޔާލު