އިންޑިއާގެ މެދު އުމުރުގެ ވިޔަފާރިވެރިޔަކަށް އެވޯޑެއް ލިބުމުން ނަށަމުން އެވޯޑާއި ހަވާލުވާން ސްޓޭޖަށް އަރާ ސްޓޭޖް މަތީގައި ވެސް ނަށަމުން ގެންދަނިކޮށް އޭނާ މަރުވެގެން ވެއްޓިއްޖެއެވެ.

އުމުރުން 53 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިޝްނޫ ޕެންޑޭ މަރުވެގެން ވެއްޓުނީ އާގަރާގައި އޮތް އެވޯޑް ހަފްލާއެއްގައި އެވޯޑާއި ހަވާލުވާން ސްޓޭޖަށް އެރި ތަނުންނެވެ.

އެވޯޑް ދޭ ފަރާތުން ވިޝްނޫގެ ނަން ގޮވާލުމާއި އެކު އޭނާ ސްޓޭޖާއި ދިމާއަށް ދުއްވައި ގަތީ ވެސް ނަށަމުންނެވެ. އަދި ސްޓޭޖަށް އަރައި އެވޯޑާއި ހަވާލުވުމުގެ ކުރިން ވެސް އޭނާ ދިޔައީ ނަށަމުންނެވެ. ނަމަވެސް ގިނަ އިރެއް ނުވެ އޭނާ ވަނީ މަރުވެގެން ވެއްޓިފައެވެ.

https://www.youtube.com/watch?v=USBbyYuFaRc

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިޝްނޫ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވެއެވެ. މިހާރު ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހަދާފައެވެ. ނަމަވެސް އަދި ޕޯސްޓްމޯޓަމް ރިޕޯޓެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ދުނިޔޭގެ ދަންފަޅި ނިމުނީ.