މި ޒަމާނުގައި ބައެއް ކިޔަވާ ކުދިންނަކީ އަޑުމަޑު ހަމަހިމޭން ތަނެއްގައި ތިބެ ކިޔެވަން މަސައްކަތްކޮށް ފޫހިވެގެން ނިދިގެން ވެއްޓުމުގެ ބަދަލުގައި ހަމަޖެހިލައިގެން ލަވަ ނުވަތަ މިއުޒިކްއަށް އަޑުއަހައިގެން ފިލާވަޅު ދަސްކުރުމަށް ލޯބިކުރާ ބައެކެވެ.

ހަމަހިމޭން އަދި އަޑުމަޑު ތަންތަނުގައި އިނދެގެން ކިޔެވުމަކީ އެފަދަ ކުދިންނަށް ފޫހިކަން ގެނުވައި ކިޔަވާހިތްވެސް ކަނޑުވާލާ ކަމެކެވެ. އެހެންވުމުން އެ ކުދިން ވަނީ ލަވަޖަހައިގެން ކިޔެވުމަށް އާދަކުރަންފަށައިފައެވެ. އެހެންނަމަވެސް އެގޮތަށް އަމަލުކުރާ ކުދިންނަށް ކިޔަވަން ވަކި ފަސޭހަ ބާވަތެއްގެ މިއުޒިކްއެއް ހުރޭބާ؟

މިއުޒިކްއަކީ އެކި ޖޯންރާތަކަށް ބެހިގެންދާ އެއްޗެއްކަން އެންމެންވެސް ދަންނާނެއެވެ. އެގޮތުން ޖޭޒް، ހިޕް ހޮޕް، ރެޕް އަދި ބްލޫސް މިއުޒިކް ހިމެނޭއިރު ކިޔަވާކުދިންނަށް އެންމެ ފަސޭހައިން ކިޔެވެނީ ކްލެސިކަލް މިއުޒިކް އަޑުއަހަމުން ކިޔެވުމަށެވެ. އަރާމު އަދި އޮމާން މިއުޒިކްގެ ސްޓައިލެއްކަމުގައިވާ ކްލެސިކަލް މިއުޒިކްއަކީ ބައެއް ދިރާސާތަކުން ދައްކުވައިދޭގޮތުގައި 'މޯޒާޓް އިފެކްޓް' ގެނުވަންވެސް އެންމެ ރަނގަޅު އެއް މިއުޒިކްއެވެ. މޯޒާޓް އިފެކްޓް' އަކީ މޯޒާޓް ނަމަކަށްކިޔާ މީހެއްގެ މިއުޒިކްގެ ސަބަބުން މީހާގެ ވިސްނުމުގެ ބާރު ވަރުގަދަވާކަމަށް ބުނާ ބުނުމެވެ.

ކްލެސިކަލް މިއުޒިކްގެ އިތުރުން ގުދުރަތީ ބައެއް އަޑުތަކަށް ކިޔެވުމަކީވެސް މީހާ ހިތްހަމަޖައްސައިދޭ ކަމެއްކަމުގައި ވަނީ ބެލެވިފައެވެ. ބުރަ އަދި ދިގު މާއްދާއެއް ކިޔަވާނަމަ އެއީ ބައެއް ފަހަރު އެ ބުރަކަމަށް ލުޔެއް ގެނުވައިދޭކަމެކެވެ. އެގޮތުން ވާރޭ ވެހޭ އަޑު، ރާޅު ޖަހާ އަޑު އަދި ޖަންގައްޔާއި ޖަނަވާރުތަކުގެ އަޑަކީ މީހާ މުޅިން އެހެން ދުނިޔެއެއްގައި އުޅެވޭކަމަށް ވިސްނުވައިދިނުމުގެ އިތުރުން އިހުސާސްވެސް ކުރުވައިދޭކަމެއްކަމަށް ވަނީ ބެލެވިފައެވެ. އެކަމުން ގެނުވައިދޭ ހިތްހަމަޖެހުމުގެ ސަބަބުން މީހާއަށް ކިޔަވަން ފަސޭހަކޮށްދޭކަމަށް ވަނީ ބެލެވިފައެވެ.

ދެން ފަހަރަކުން އިމްތިހާނަކަށް ކިޔަވަން ތައްޔާރުވާނަމަ މި ދެންނެވި އުކުޅުތަކުގެ ގޮތް ބަލާލާށެވެ. ފަހަރެއްގައި އިމްތިހާނުގެ ނަތީޖާއަށް ރަނގަޅު ބަދަލެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ ކިއެވުން ހުއްޓާލާފައި ލަވަ އަޑުއަހަން އިނދޭ!

  2. އ މ

    حرام حرام

  3. މީ

    އަހަރެން ކޮންމެ ދުވަހަކުވެސް ކިޔަވާގަޑީގަ އަޑުއަހަން މިގޭ ދޫނިތައް ރީތި ރާގުރާގަށް ލަވަ ކިޔާ ހިތްގައިމު އަޑާއި މަގުމަތީގަ ދުއްވާ އެއްޗެހީގެ ބޮލަށް ތުރާ ބޫން ބޫން އަޑުތައް.

  4. ޖުމްބެ

    ޝައިޠާނާ ޙަރާމްކަންތައް ޒީނަތްތެރިކޮށްފައި ދައްކާނީ ތިފަދަ އިން

  5. މުއުމިން

    މާޝާﷲ. ގުދުރަތީ އަޑުތައް އެހުން އިންޝާﷲ ރަނގަޅު.
    މިއުޒިކް އަދި ހުތުރު ބޭކާރު ބަސްތައްވެސް ހަރާމް ކަމުގާ ވަނީ. އެއީ ޝައިތާނުން ގެ މަޅިއެއް އިންސާނާ މަޑުމަޑުން އަނދިރި ކަމުގެ ތެރެޔައް ގެންދާ. ދެން ޝައިތާނުން ބޭނުންވާނީ އެގޮތުން އިންސާނާގެ ދުނިޔަވީ ހަޔާތް ބަރުބާދުކޮއް ފާފަވެރި ހާލުގަ މަރާލަން ނަރަކަޔައް ގެންދަން. (މާތްﷲ އިރާދަފުޅުން އަޅުގަނޑުގެ ވިސްނުމުގަ އައި ގޮތައް މިލިޔުނީ) ޔާﷲ އަޅަމެން އެންމެން ނަރަކައިން އަދި ނަރަކަޔާ ކައިރި ކުރުވާ ކަންކަމުން ސަލާމަތް ކޮއްދެއްވަވާ ސުވަރުގެ ދެއްވަވާނދޭވެ އާމީން