އިންޑިއާގެ އަރަމުން އަންނަ ތަރި ސޯނަމް ކަޕޫރްގެ ފިރިމީހާ އާނަންދު އަހުޖާ އާއި ދަ ޒޯޔާ ފެކްޓަރގެ ކޯ ސްޓަރ ޑުލްކުއާ ސަލްމާން އެއް ފަހަރު ސޯނަމް ވަޓްސް އެޕް ގްރޫޕަކުން ނެރުނެވެ. އެ ވާހަކަ މީޑީއާތަކުގެ ސަމާލުކަމަށް ސޯނަމް ވަނީ ގެނެސްފައެެވެ.

ޒޫމްއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނީ، އެ ވަޓްސްއެޕް ގްރޫޕުން އޭނާ ނެރުނީ އެ ދެ މީހުން "ބޯއިސް ޓޯކްސް" ޖައްސަން ބުނެ ކަމަށެވެ.

އެގޮތުން އެ މީހުން ބޭނުންވީ ކާރާއި، ބޫޓާއި ގުޅޭގޮތުން ވާހަކަދައްކަން ކަމަށް ސޯނަމް ބުނެފައި ވެއެވެ. އަދި އެއީ ފިރިހެނުންނާއި ގުޅޭ ވާހަކަތައް ކަމަށް އެ މީހުން ބުނެފައި ވާކަމަށްވެސް ސޯނަމް ބުންޏެވެ.

ޑުލްކުއާ އިންޑިއާ ނޫހަކަށް މައުލޫމާތުދެމުން ބުނިގޮތުގައި، އާނަންދު އަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނާއަކީ ހިތްހެޔޮ ފަސޭހައިން ވާހަކަދެއްކޭ މީހެކެވެ. އަދި އޭނާއާއި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައީ ފިލްމްގެ ސެޓްގެ ތެރެެއިން ކަމަށާއި، އެހެންވެ ވަޓްސްއެޕް ގްރޫޕެއް ހެދި ކަމަށް ޑުލްކުއާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ މީހުން ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމަށްފަހު ސޯނަމް އަނެެއްކާވެސް އެ ގުރޫޕަށް ލިއެވެ.

"އަހަރެމެން ސޯނަމް ބޭރު ކުރީ ބޯއިސް ސްޓަފްސް އާ ގުޅޭ ވާހަކަތައް ދައްކަން. އެއީ ކާރާއި، ބޫޓު ކަހަލަ އެއްޗެއްސާއި، ފިރިހެނުން ކުރާ ކަންތައްތަކާއި ގުޅޭގޮތުން". ޑުލްކުއާ ބުންޏެވެ.

ދަ ޒޯޔާ ފެކްޓަރއަކީ 2008ވަނަ އަހަރު އަނޫޖާ ޗޯހާން ނެރެފައިވާ ނޮވެލް 'ދަ ޒޯޔާ ފެކްޓަރ' ގެ އެޑަޕްޓޭޝަން އެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރްމާ އެވެ.