ދުވާލަކަށް އެންމެ ދެ ދަޅު ބޯ މީހުންގެވެސް އުމުރު ކުރުވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތް އޯގަނައިޒޭޝަން) އިން ހެދި ދިރާސާ އަކުން ހާމަވެއްޖެއެވެ.

އެ ޖަމިއްޔާ އިން ޔޫރަޕްގެ ދިހަ ގައުމެއްގެ ބައިމިލިއަނެއްހައި މީހުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ދިރާސާ އިން ހާމަވާ ގޮތުގައި އެނާޖީ ޑްރިންކް އާއި ދަޅުގައި ބަންދުކޮށްފައި ހުންނަ އެފަދަ އެނޫންވެސް ބުއިންތައް ބޯން ދެވިހިފައި، ދުވާލަކަށް އެންމެ ދެ ދަޅު ބޯ މިހާގެ އުމުރުވެސް ކުރުވެއެވެ.

މި ދިރާސާގެ ބައިވެރިން މި ދިރާސާ އާއި ގުޅިފައި ވަނީ 1992 ވަނަ އަހަރާއި 2000 އާއި ދޭތެރޭގައި ކަމުގައި ވާއިރު، ކޮންމެ 16 އަހަރަކުން މި މީހުންގެ ނަތީޖާތައް އެ ޖަމިއްޔާ އިން ބަލަމުންދެއެވެ. އެ ނަތީޖާތަކުން ދައްކާ ގޮތުން ކޮންމެ 16 އަހަރަކުން 41،000 އަށްވުރެ ގިނަ ދިރާސާގެ ބައިވެރިން މަރުވެއެވެ.

އަވަހަށް މަރުވުމުގައި މީހާގެ އުމުރާއި، ދިރިއުޅޭ ގޮތާއި، އާއްމުކޮށް ބޭނުންކުރާ އެއްޗެހީގެ ތަފްސީލް ހޯދާފައި ވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެކި ފާޑުފާޑުގެ އެނާޖީ ޑްރިންކް ބޯމީހުން އަވަހަށް މަރުވާކަމެވެ. މިހާރަކަށް އައިސް އެފަދަ ބުއިންތައް ބޯ މީހުން ކޮންމެ ދުވަހަކުވެސް އެކަން ކުރަމުން އަންނައިރު، މިއީ މި ޖީލުގެ މީހުންގެ އުމުރު ކުރުވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް އެ ޖަމިއްޔާ އިން ދެކެއެވެ.

މި ބުއިންތައް އާދަކޮށް ބުއިމުން ޖެހޭ ބައެއް ބަލިތަކަށް ބަލައިލާއިރު، ސާކިއުލޭޓަރީ މައްސަލަތައް ކުރިމަތިވުމާއި، ނޭވާލުމުގެ މައްސަލަތަކުގެ އިތުރުން ޕާކިންސަން ޑިޒީޒް ހިމެނެއެވެ. ސިއްހަތު ރަނގަޅަށް ދަމަހައްޓައި، އުމުރު ދިގު ކުރަން ބޭނުންނަމަ ގަވައިދުން ކަސްރަތުކޮށް މިފަދަ ކަންކަމާއި ދުރުވުން ވަރަށް މުހިއްމެވެ.