އައިފޯކަނީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ސްމާޓްފޯނުގެ އެއް ބްރޭންޑު ކަމުގައި ވާއިރު، ރާއްޖޭގައިވެސް އައިފޯން ބޭނުން ކުރާ މީހުން މަދެކޭ މިހާރު ބުނެވޭކަށް ނެތެވެ. ނަމަވެސް، ދުނިޔޭގެ އެހެން ތަންތަނާއި ރާއްޖޭގައި މި ބްރޭންޑުގެ ފޯނުތައް ބޭނުން ކުރާ މީހުންނާއި ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އާއްމުކޮށް މީހުން އައިފޯނު ގަންނަނީ އެފަދަ ފޯނުތައް ގަތުމުގެ މާލީ ތަނަވަސްކަން އެމީހުންގެ ކިބައިގައި ހުންނާތީއެވެ. ނަމަވެސް، ރާއްޖޭގައި ވަޒީފާ އަކަށް ނުގޮސް ތިބޭ ޒުވާންނުންވެސް ބޭނުންވަނީ އެންމެ ފަހުގެ އައިފޯނާއި އެޕަލް އިން ނެރޭ އެންމެ ފަހުގެ އައިވޮޗް އާއި މެކްބުކް ފަދަ އަގުބޮޑެތި ޕްރޮޑަކްޓްތައް ގެންގުޅޭށެވެ. އެންމެ ފަހުގެ އައިފޯނު ގެންގުޅެމުން އެހެން މީހުންނަށް ގުޅާލެވޭ ވަރަށްވެސް ފޯނުގައި ބެލެންސް ނުހުންނައިރު، ގިނަ ފަހަރަށް އެފަދަ މީހުން ޖަހަން ޖެހެނީ "ކޯލް-މީ-ބެކް" އެވެ. މިއީ ކިހިނެތް ވާ ކަމެއް ހެއްޔެވެ؟

އެންމެ ފަހުގެ އައިފޯނު ގެންގުޅޭ މީހެއް ކަމުގައި ވަނީނަމަ އެ ފޯނު ގެންގުޅޭ ވަރުގެ ތަނަވަސްކަމާއި ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެފަދަ މީހުންގެ އުނދަގޫ، އެނޫން މީހުންނަށްވުރެ ބޮޑުވީމައި ކަމަށް ވެދާނެއެވެ. އިންސްޓޯލްމެންޓައް ނަގައިގެން ނަމަވެސް، ތިމާ އެފަދަ ފޯނުތައް ގެންގުޅެމުން އެހެން މީހުންނަށް ކޯލް މީ ބެކް ޖަހާތީ ތިމާ އަށް ގުޅަން ޖެހޭ މީހުންގެ ހިތަށްވެސް މިކަން ފަހަރުގައި އަރާފާނެއެވެ.

ވަޒީފާ އެއްގައި އުޅެމުން ދެކޮޅު ޖެހޭނަމަ މިފަދަ އަގުބޮޑެތި ސާމާނު ގަތުމަކީ އެއްވެސް މައްސަލަ އެއް ނޫނެވެ. ނަމަވެސް، ދިވެހި ޒުވާނުންގެ ތެރޭގައި އަށަގެންފައިވާ އެއް އާދައަކީ، ހިއްވަރުން މަސައްކަތް ނުކޮށްވެސް، އެފަދަ މީހުން ތިބޭ ހިސާބަށް ފައިހަމަކޮށް، ނެތް ފެންވަރުން ވެސް އެހައި ޤާބިލުކަން ދައްކާން އުޅުމުވެ. މިކަން ދޫކޮށްލާށެވެ. އެހެން ނޫނީ ފަހުން އެކަމުގެ ހިތާމަ ލިބޭނެއެވެ. މިކަމުގައި މައްސަލައަކީ ވަކި ވައްތަރެއްގެ މޮޅު ފޯނެއް ނޫނެވެ. އަދި "ކޯލް-މީ-ބެކް" ޖެހުމެއް ވެސް ނޫނެވެ. އެއީ ފަހުގެ ޓެކްނޮލޮޖީއާއި އަރައި ހަމަކުރަން އަމިއްލަ ހިއްވަރު ބައެއް ދިވެހިންނަށް ނުދެއްކޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސމީ

    ވ ރަނގަޅުވާހަކއެއް. ތީ ހަމަ ރާއްޖޭގެ ގިނަ މީހުންގެ ހާލަ ތު . ނުވި ތާކށް މާމަ ކާފަ ގެ 5000 ރ ވެސް އެކަންކަމަށް ބޭނުން ކުރޭ. ބޮޑެ ތި ފިހަަރާ ތަކުގެ ވެރިންގެ ފޯނަށް ވުރެ އެ ތާގެ މަސައްކަ ތް ކުރާ މުއައްޒިފުގެ ފޯނު ވެސް އަގު ބޮޑު .