ރަޝިއާ އިން ތައްޔާރުކުރި ޑްރޯންއެއް، ޕާރުސަލަކާއެކު ކުރި ފުރަތަމަ ދަތުރު ނާކާމިޔާބުވެ އެ ޑްރޯން ފުނޑުފުނޑުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަގުބޮޑު އެ ޑްރޯންގެ ފުރަތަމަ އެ ދަތުރަކީ ޓެސްޓު ދަތުރެކެވެ. އެ ދަތުރު ފެށުމަށް ގިނަ އަދަދެއްގެ މީހުންވެސް އެ ސަރަހައްދަށް އެއްވިއެެވެ.

ސިބެރިއަން ސިޓީގައި މިިދިޔަ ހޯމަ ދުވަހު ޓެސްޓް ކުރި އެ ޑްރޯން ފުނޑުފުނޑުވީ ފާރެއްގައި ޖެހިގެންނެވެ.

އާއްމުންނަށް އެ ޑްރޯންގެ ފުރަތަމަ ދަތުރުދާނެ ގޮތް ދެއްކުމަށް ބޭއްވި ކުޑަހަފްލާއެއްގައި، އެ ޑްރޯން އުދުއްސައިގަތީ ކުޑަ އެ ހިސާބުގަނޑުގައި ހުރި ގެއަކަށް ކުޑަ ޕާރުސަލެއް ހިފައިގެންނެވެ. މިއީ އެ މީހުން ބުނާގޮތުގައި، މެއިލް ފަދަ ތަކެތި ޑެލިވަރ ކުރަން ފަސޭހަ މަގެކެވެ.

ވީޑިއޯ ފޫޓޭޖަކުން ފެންނަ ގޮތުގައި، އެ ޑްރޯން ލޯންޗްކުރަންް އެކަމަށް ހާއްސަ ޕެޑެއް ވަނީ ބާއްވާފައެވެ. އެތާ މަތިން އެ ޑްރޯން ދަތުރު ފެށިތަނާ މަދު ސިކުންތު ކޮޅެއް ނުވަނީސް ކައިރީގައި ހުރި ތިން ބުރީގެ އިމާރާތެެއްގައި ޑްރޯން ޖެހި ފުނޑުފުނޑުވީއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާއިރު، ޑްރޯންގެ އަގު 20،000 ޑޮލަރަށް އަރާކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު