މިއީ އެކަނިމާއެކަނި އެއް ރަށެއްގައި އުޅެމުން އަންނަ މީހެކެވެ. މައުރޯ މޮރާންޑީ ނަމަކަށް ކިޔާ އެ މީހާއަކީ އިޓަލީގެ ބުޑެއްލީގައި މިހާރު އުޅެމުން އަންނަ މީހެކެެވެ. އެރަށުގައި އޭނާ އުޅޭތާ 28 އަހަރުވެއްޖެއެވެ.

މޮރާންޑީއަށް އެރަށަށް ދެވުނީ ކަތަމަރީނީއެއްގެ ދަތުރު ކުރަމުންދަނިކޮށް އެ ހަލާކުވެގެންނެވެ. އެ ރަށަށް ގޮސް އޭނާ އެތާ ދިރިއުޅެން ބޭނުންވެގެން އެ ކަތަމަރާނީ މީހަކަށް ވިއްކާވެސް ލިއެވެ.

އެ ތަނަކީ ފަތުރުވެރިންވެސް އަންނަ ތަނެކެވެ. ކުރިން އޭނާ އުޅެމުންދިޔައީ މެއިންލޭންޑް އިޓަލީގައެވެ. އެ ކުޑަކުޑަ ރަށަށް ބަދަލުވިފަހުން އޭނާ އެނބުރި ރަށަށް ދިޔައީ ވަރަށް މަދުންނެވެ. ގާތްގަނޑަކަށް ކޮންމެ އަހަރަކުވެސް އެއް ފަހަރެވެ. އޭނާ އެތަނަށް ދަނީ ދަރިފުޅު ދެކިލުމަށް އެކަންޏެވެ.

އޭނާއަކީ މީގެ ކުރިން މުޒާހަރާ ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މީހެކެވެ. ފަހުން އޭނާއަށް އެނގުނުގޮތުގައި، ސިޔާސީ ކަންތައްތަކީ އޭނާއަށް ހާއްސަ ކަންތައްތަކެއް ނޫން ކަމެވެ.

އޭނާ އުޅެމުން ދަނީ އެރަށުގައި އަޅާފައި ހުންނަ ގެއެއްގައެވެ. އޭނާއަކީ ވަރަށް ބޮޑަށް ގުދުރަތީ ރީތިކަމަށް ލޯބި ކުރާ މީހަކަށްވުމާއެކު އެއީ އޭނާ އެރަށުގައި މަޑު ކުރަން ބޭނުންވި މައިގަނޑު އެއް ސަބަބެވެ. ގުދުރަތީ ރީތި މަންޒަރުތައް ބަލާ ހިތްހަމަޖައްސާލުމަށެވެ. އޭނާ އެ މަންޒަރުތަކުގެ ފޮޓޯތައްވެސް މީސް މީޑިޔާގައި ހިއްސާ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    މިއީ އަންނި އަށް ފޮނުވަންޖެހޭ ލިޔުމެއް. ރާއްޖޭގައި މިގޮތަށް ފަޅުރަށެއްގާ އެކަނި އަރުވާލެވިގެން އުޅުމުން އަމިއްލަ ނަފްސަށާއި އެހެން އެންމެންނަށް ފައިދާއެއް ކުރާނެ ހަމަ އެކަނި މީހަކީ އައްނި.