ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިޔޯން، އެކްޓިންގެ ދާއިރާގެ ތެރެއިން، ޕްރޮޑަކްޝަން ދާއިރާގައި ފިޔަޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

"ސަންސިޓީ މީޑިއާ އެންޑް އެންޓަޓެއިންމެންޓް"ގެ ނަމުގައި އޭނާ މިހާރު ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދާފައިވާއިރު، އެ ކުންފުނި ލޯންޗު ކުރުމުގެ ގޮތުން ހަދާފައިވާ އެޑަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ. މިއީ ސަނީ ލިއޯންގެ ކުންފުނީގެ އެންމެ ފުރަތަމަ ޕްރޮޑަކްޝަންގެ މަސައްކަތެވެ.

ސަނީ ލިއޯން ބުނެފައިވާ ގޮތުގައި އޭނާ ޕްރޮޑަކްޝަންގެ ދާއިރާއަށް ނިކުންނަން ބޭނުންވީ، ލިބުނު އޮފާއެއްގެ ސަބަބުން ކަމަށެވެ. އެއަށްފަހު ޕްރޮޑަކްޝަންގެ މަސައްކަތް އޭނާ ފަށައިގަންނަމުން ދާއިރު، އެ ދާއިރާއިން ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަނީ ލިއޯން އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދާފައި ވަނީ އޭނާގެ ފިރިމީހާ، ޑެނިއެލް ވެބަރ އާއި އެކުއެވެ. އޭނާ ބުނެފައިވާ ގޮތުގައި، އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ހަދައި، ޕްރޮޑަކްޝަންގެ ދާއިރާގައި މަސައްކަތް ފަށައިގަތުމަކީ އެ ދެމަފިރިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަމާއި މެދު ވިސްނަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ބޮލީވުޑްގައި ސަނީ ލިއޯން ފިލްމީ ޙަޔާތް ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށް ގިނަ ފިލްމުތަކުންނާއި ލަވަތަކުން އޭނާ ފެނިގެން ގޮސްފައިވާއިރު، މިހާރުވެސް ބޮލީވުޑްގެ ބައެއް މަސައްކަތްތަކުގައި އޭނާ ދަނީ ބައިވެރިވަމުންނެވެ.

ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ. އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި އެ މަސައްކަތް ފެށިނަމަވެސް، އެކްޓިންގެ ދާއިރާ އާއި ދުރަށް ދިއުމުގެ ވިސްނުމެއް ގެންގުޅޭކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނީ

    އަބަދުވެސް ޕްރޮޑިއުސަރެއް ޑިރެކްޓަރެއް. އެކްޓަރެއް

  2. ތުބުޅި

    މަމެން ބަލާވެސް ނުލާނަން އޮރިޔާން ވިޔަސް

    7
    7
    • XD

      ބަލާތި ދޯ އޮރިޔާން ވާކަން ވެސް އެނގެނީ.

      10
      1