ރާއްޖެއަށް ދެން ކުރިއަށްއޮތް ދުވަސްތަކުގައި ހޫނުގަދަ ވާނެ އެވެ. އެގޮތުން ހޫނުގަދަ ދުވަސްވަރަކީ ބަރުދަން ލުއިކުރުމަށްވެސް ފަސޭހަވެގެންދާނެ ދުވަސްތަކެކެވެ. އެއީ ހަށިގަނޑުން ދާހިތްލުން އިތުރުވެ، ސަރުބީތައް ވިރުމަށް ފަސޭހަ ވެގެންދާތީއެވެ. އަދި ބަރުދަން ލުއި ކުރަން ބޭނުންވާނަމަ މިދުވަސްތަކުގައި މި ކާނާތައް ކެއުމުގައި ހިމަނާލާށެވެ.

އަލަނާސި

މީރު ބުއިމެއް ތައްޔާރުކޮށްލަން އަލަނާސިއަކީ އެއްވަނަ އެވެ. މީރު ފޮނިރަހައެއް އެކުލެވޭ މި މޭވާގައި ކެލޮރީސް އެކުލެވޭ މިންވަރު ވަރަށް މަދެވެ. އެގޮތުން ބަރުދަން ލުއިވުމަށް ފަސޭހަވެގެން ދިޔުމުގެ އިތުރުން މިއީ ހަޖަމުކުރުމަށްވެސް އެހީވެދޭ މޭވާއެކެވެ.

ޓޮމާޓޯ

ޓޮމާޓޯ އަކީ އެންޓިއޮކްސިޑެންޓް މާއްދާއެއް ކަމަށްވާ ލައިކޯޕީން އެންމެ ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީ އެވެ. އެ މާއްދާއަކީ ގިނަ ބަލިތަކުގެ ފަރުވާއެކެވެ. އަދި ކެންސަރަށް މަދުފަހިވިޔަ ނުދީ އެބަލި ރަނގަޅުކޮށްދިނުމަށް ލައިކޯޕީން އެހީވެދެއެވެ. އޭގެ އިތުރުން ޓޮމާޓޯއިން ހަށިގަނޑުގެ ލެޕްޓިން ލެވެލް ކޮންޓްރޯލްކޮށްދިނުމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމަށް ފަސޭހަވެގެންދެއެވެ.

ކަރާ

ހޫނު މޫސުމުގައި ކެއުމަށް އެންމެ ފައިދާހުރި އެއްޗަކީ ކަރާއެވެ. ކަރާއިން ކަރުހިއްކުން ފިލުވައިދޭއިރު މިއީ އެންމެންނަށްވެސް މީރު އެއްޗެއްކަން ކަށަވަރެވެ. ކަރާގައި 92 ޕަސެންޓް ހިމެނެނީ ފެނެވެ. އެގޮތުން ކަރާ ކެއުމުން ބަޑުހައި ހޫނުކަން ފިލުވައިދޭ ގިނައިރު ބަޑުހައި ނުވެ ހުރުމަށްވެސް އެހީވެދެއެވެ

ފަޅޯ

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ލިބެންހުންނަ މޭވާއެކެވެ. 1 ޖޯޑު ފަޅޮލެއްގައި 3 ގުރާމް ފައިބާ އެކުލެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި ފެން އެކުލެވޭ މި މޭވާގައި ހުންނަނީ ކެލޮރީސް ހުންނަ މިންވަރުވެސް ދަށެވެ. އޭގެ އިތުރުން ހަޖަމުކުރުމަށް އެހީވެދޭ މި މޭވާގެ ސަބަބުން އަވަހަށް ބަރުދަން ލުއިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު