މީގެ ދެ މަހެއްހާ ދުވަސް ކުރިން އިންޑިއާގައި ކައިވެނި ކުރި ދެ ބޮއް ވަރިވެއްޖެއެވެ.

ވަރުނާއާއި ވަރުޝާގެ ނަން ދެވިފައިވާ މި ދެ ބޮއް މީގެ ދެ މަސް ކުރިން ކައިވެނިކުރިއިރު، މި ދެ ބޮއް މިހާރު ވަރިކުރުވީ މަދްޔާ ޕްރަދޭޝްގެ އޮމް ސިވް ޝެވާ ޝަކްތީ މަންޑަލްގެ މެންބަރެކެވެ. މި ދެ ބޮއް ވަރިކުރުވާފައި ވަނީ މިދިޔަ ބުދަ ދުވަހެއެވެ.

މި ދެ ބޮއް ކައިވެނިކޮށްފައި ވަނީ، އެޤައުމަށް މާ ބޮޑަށް ހޫނުވުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އެމީހުންގެ ކަލާނގެ ރުއްސަންށެވެ. އަންހެން ބޮކަކާއި، ފިރިހެން ބޮކެއްގެ މި ކައިވެނި ޖުލައި 19 ވަނަ ދުވަހު ކުރެވިގެންދިޔައިރު، މިހާރު ބޯޕަލްއަށް ވަރަށް ބޮޑަށް ވިއްސާރަވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ މިދިޔަ 13 އަހަރުގެ ތެރޭގައި ބޯޕާލްއަށް އެންމެ ގިނައިން ވާރޭ ވެހުނު ފަހަރު ކަމަށް ވެއެވެ. މިހާރު އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވާރޭއިން ސަލާމަތްވާން ވަނީ ޖެހިފައެވެ.

އަދި މިިދިޔަ ބުދަ ދުވަހާއި ހަމައަށް މަދްޔާޕްރަދޭޝްއަށް ވަރަށް ބޮޑަށް ވާރޭވެހިފައި ވެއެވެ.

އެހެންވެ މިކަމުން ސަލާމަތްވުމަށް މި ދެ ބޮއް ވަރި ކުރުވަން ނިންމީ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މިކަން ކޮށްފައި ވަނީ ހިންދޫ ދީނުގެ މީހުންނެވެ.

މި ދެ ބޮއް ކައިވެނި ކުރާ ވިޑީއޯއެއްވެސް މީސް މީޑިއާގައި ދައުރުވިއެވެ. މި ވީޑިއޯ ބެލުމަށް ފަހު ގިނަ ބަޔަކު ވަނީ އެއަށް ޖޯކު ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މީމު

    ދެން ދެގެރި ދެވާ!

    51
    1
  2. ފާތިމަތު ޒާއިނާ

    އެކަމަކު ބުނަން. ދުނިޔޭގަ ޒާތްޒާތުގެ މީހުން އުޅޭ ދޯ؟ އެކަމު މިވަރުގެ މޮޔަ ގަމާރު ނުބައި ބައެއް ނުދެކެން. އެމީހުންނަށް ކިހިނެއް ވަކި އިނގޭނީ ހަމަ އެ ދެ ބޮއް އަމިއްލަ އަށް ކުރިން ބައިން ވަރި ނުވާ ކަމެއް. މިސާލަކަށް ވަރި ނުކޮށޯ ތިބީ. ދެން ވެސް އެމީހުންނަށް ކޮން ހައްގެއް އޮތީ ދެމަފިރިން ގެ ދޭތެރެއަށް ވަދެގެން ކައިވެންޏެއް ރޫޅާލާކަށް ???

    82
    3
    • ސޯދިގު

      ގަމާރު ކަނޑުކޮަސް އިންޑިއާ ފަހަތުން ދުވާނީވެސް އެވަރުގެ ގަމާރުން

  3. ފަލަޑޭ

    ނެއް ހަމަ ބުނާނެ އެކައްޗެެއްވެސް.

    50
    3
  4. މޮޔަ

    އެންމެ މޮޔައިން ގިނަ ގައުމަކީ އިންޑިޔާ

    95
    3
  5. ިޮފަލިނަރަ

    ކުރޭޒީ ......

    60
    2
  6. ޞޮއްޓީ

    ޙިތާމަ ހުރި، އެމީހުން އުޅުން ގޮތުން ހީވީ، ސާތު ޖަނަމް އައް ސާތު ދިން ހެން.. އެހާ ލޯބިންވިއްޔާ އުޅުނީ..

    37
    1
  7. ކޮކީ

    ގަޅިބޯ .މެން.ކުރާ.ގަޅި.ކަންތަށް.ޚަބަރުގަ .ޖަހަން .ޖެހޭތަ

    70
    3
  8. ޑާމު

    ބޮކުގެ ކައިވެނި ކާމިޔާބު ވެއްޖެ އެއްނު

    35
    3
  9. އަޙުމަދު މުޙައްމަދު

    އެކަމަކު މި ރާއްޖެ ވިއްޔާ މި އުޅެނީ އިންޑިއާ މީހުންނަށް ރައްޔިތުކަން ނުދެވިގެން. ހުޅުމާލެއިން 30000 އަކަފޫޓުގެ ބިމެއް އައްޑޫން 100000 އަކަފޫޓުގެ ބިމެއް އެ މީހުންނަށް ދީގެން. ކިހާ ދެރަކަމެއް.

    29
    1
  10. ާައ.އަބުދުﷲ

    ދުނިޔޭގައި ދުވަހަކު ވެސް އުޅެފައި ނުވާ ފަދަ ގަމާރު، ޖާހިލް ބައެއް ހިންދޫންނަކީ.

    45
    3
  11. ޓްރޭސް

    އަންހެން ބޮއް އިއްދަ ހަމަވަނީ ކޮން ދުވަހަކަށްބާ!

    26
    1
    • ޔިންޑިއާ

      ތިކަން ބެލުން ވެސް އެދީނަކު ހިއެއް ނުވޭ އޮންނަހެން.

      11
    • Anonymous

      ހައްހައް ހައްހާ

  12. މާތް ކަލާކޯ

    ހިންދޫ ދީނުގެ ހުރިހާ ކަމެއް ހީ އެއްގެ މައްޗަށް ބިނާވެފަ. އަދި އެމީހުން ބޭނުން ގޮތަކަށް ދީން އަނބުރާ ބަދަލު ކުރޭ.

    19
  13. Anonymous

    ވަރި ގިނަވަނީ މިހެންވެ!