1988 ވަނަ އަހަރު ފިލްމެއްގެ ޝޫޓިންއެއްގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ފުއްލާ އަކަށް ހަމަލާދިން މައްސަލައިގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން އާއި ތަބޫ އަދި ސޮނާލިއާ ކުށްވެރިނުވާ ކަމަށް އެމައްސަލަ ބެލި ކޯޓުން މިއަދު ނިންމައިފިއެވެ.

ފުއްލާ މަރާލި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ހަމައެކަނި ސަލްމާން ހަންގެ މައްޗަށެވެ.

އިންޑިޔާގެ ގާނޫންގައިވާ ގޮތުން ހިމާޔަތް ކޮއްފައިވާ ޖަނަވާރެއް މަރާ މީހަކު ހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. އަދި އެންމެ މަދުވެގެން 1 އަހަރަށް ޖަލަށް ލާން ޖެހޭނެއެވެ،

މިހުކުމާއި ގުޅިގެން ޕްރޮސެކިޔުޓުން ސަލްމާން 6 އަހަރަށް ޖަލަށް ލުމަށް އެދޭއިރު މި މައްސަލާގައި ސަލްމާން ޚާން އާއި ފުއްލާ މަރާލި މައްސަލާގައި ދައުވާ ކުރި އެހެން އެންމެން ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި ސައިފް އަލީ ޚާން އާއި ޓަބޫ ހިމެނެއެވެ.

ފުއްލާ މަރާލި މައްސަލައިގެ އިތުރުން ގެންގުޅުން މަނާ ހަތިޔާރެއް ގެންގުޅުމުގެ ދައުވާވެސް މަސްހޫރު އެކްޓަރ ސަލްމާން ޙާންގެ މައްޗަށް އުފުލާފައި ވެއެވެ، ނަމަވެސް އެކަށީގެން ވާ ހެކި ނުލިބުމުގެ ސަބަބުން އެދައުވާ ވަނީ ފަހުން ދޫކޮއްލާފައެވެ.

މި މައްސަލައިގައި މީގެ ކުރިން ސަލްމާން ޚާން ވަނީ ދެފަހަރެއްގެ މައްޗަށް ޖަލަށް ލާފައެވެ. އެއީ އޭޕްރީލް 2006 ގައި އާއި އޮގަސްޓް 2007 ވަނަ އަހަރުއެވެ. ނަމަވެސް މައްސަލަ އޭރު ވަކިގޮތަކަށް ނުނިމޭތީ ކޮންމެފަހަރަކުވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭލްޝާރކް

    ސައްލޫ އާ ޖައްސާލިޔަސް މިދެން ބޮޑުވަރު..އެހެން ތަރިންނަށް ވުރެ ސަލްމާން ކާމިޔާބު ވީމަ ޖޭވެގެން ކުރި ކަމެއް މީ.. ސައިފް މެން އަޑީގަ ތިބެގެން ކުރިކަމަކަށް ވާނީ