އެމެރިކާގެ އުޑުމަތިން ގޮތް ނޭނގޭ އަލިގުޅަތަކެއް ފެންނަން ފަށައިފިއެވެ.

އުޑުމަތިން އަލިގުޅައެއް ވެއްޓޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު އެ ވީޑިއޯއަކީ ނޯތް ކެރޮލީނާގެ ވިލްސަން އަވަށުގެ ރަލޭ ރޯޑުގައި ހުރެގެން ނަގާފައިވާ ވީޑިއޯއެކެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 20:07ހާއިރު ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލިގުޅައިގެ އަލިކަން ފެންނަނީ ތިން ވަރަކަށް ސިކުންތަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ މީޓިއޯ ސޮސައިޓިން ބުނެފައިވަނީ އެރޭ އެހާއިރު އެފަދަ 20 ވަރަކަށް އަލިގުޅަ ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ އަލިގުޅަތައް ފެނިފައިވަނީ ސައުތް ކެރޮލީނާއީ ވަޖިނިއާ ދެމެދުގެ ހިސާބުތަކަށް ކަމަށްވެސް އެ ސޮސައިޓީން ބުނެފައިވެއެވެ.