އެމެރިކާގެ ޑޮކްޓަރެއްގެ ގޭ ތެރެއިން އެބޯޓްކޮށްފައިވާ 2000 އަށްވުރެ ގިނަ ކުދިންތަކެއްގެ ހަށިގަނޑުތަކެއް ފެނިއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެ ޑޮކްޓަރަކީ އެގައުމުގެ އިލިނޮއިސް ސްޓޭޓުގެ އެބޯޝަން ކްލިނިކެއްގައި މަސައްކަތް ކުރި ޑޮކްޓަރެކެވެ. އޭނާ ވަނީ މިމަހުގެ ތިން ވަނަ ދުވަހު މަރުވެފައެވެ. އެބޯޓްކޮށްފައިވާ ކުދިންތަކެއްގެ ހަށިގަނޑުތައް ފެނިފައިވަނީ އޭނާގެ ތަކެތި ބަލައި ފާސްކުރަމުންދަނިކޮށް އޭނާގެ އާއިލާ މެމްބަރަކަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ގެއިން ފެނިފައިވަނީ 2246 ކުއްޖެއްގެ ހަށިގަނޑެވެ. އެތަކެތި ފެނުމާއެކު އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް ގުޅައި އެކަން ރިޕޯޓުކޮށްފައެވެ. އަދި އެކުދިންގެ ހަށިގަނޑުތައް ގޭގައި އޭނާ ރައްކާކުރަމުން ދިޔައީ ކީއްވެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ގެއިން އެތަކެތި ފެނުނު ނަމަވެސް އޭނާ އެބޯޝަންތައް ކުރަމުން އައީ އޭނާގެ ކްލިނިކުގައެވެ. ނަމަވެސް އެބޯޝަން ކުރުމުގައި އޭނާ ކަންތައްތައް ކުރަނީ އެކަން ކުރަން އޮންނަ ގޮތާ ޚިލާފަށް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން އެބޯޝަން ކުރުމުގެ 18 ގަޑި އިރު ކުރިން އެބޯޝަން ކުރާ ފަރާތަށް ކައުންސެލިން ދޭން ޖެހޭއިރު އެކަންވެސް އޭނާ ނުކުރާ ކަމަށާއި އެބޯޝަނަށްފަހު ފުރިހަމަކުރަންޖެހޭ ރިޕޯޓުތައްވެސް އޭނާ ފުރިހަމަ ނުކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ.
ތީ ވެކްސިން ތައްޔާރު ކުރަން ކަމަށްވާނި!
ހިތާމައަކި މިރާއްޖޭގައި ވެކްސިން ޖަހަން މަޖުބޫރު ކުރުވާކަމެވެ.
ތި ވާނި ވެކްސިން ތައްޔާރު ކުރާ މީހުން ނާއި ގުޅުން އޮއްނަ ނުލަފާ ޑޮކްޓަރަކަށް.
ތި ވާނި ވެކްސިން ތައްޔާރު ކުރާ މީހުން ނާއި ގުޅުން އޮއްނަ ނުލަފާ ޑޮކްޓަރަކަށް.