އިނގިރޭސި ވިލާތުގައި ދެ އަހަރުގެ ކުޑަކުއްޖެއްގެ އޯވަރީ ނަގައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުއްޖާގެ އޯވަރީ ނަގާފައިވަނީ، ބަނޑު ހަރުވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އެސްމޭ ޓޮޑް ނަމަކަށް ކިޔާ އެ ކުއްޖާގެ އޯވަރީ ނަގާފައިވަނީ ކިޑްނީ ކެންސަރުން ސަލާމަތް ކުރުމުގެ ގޮތުންނެވެ. އަދި އެކުއްޖާއަކީ ކިޑްނީ ކެންސަރުގެ ބާވަތެއް ކަމަށްވާ ނެފްރޯބްލާސްޓޮމާ އަށް ފަރުވާ ހޯދަމުން ދިޔަ ކުއްޖެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެކުއްޖާގެ ދެ އޯވަރީގެ ތެރެއިން އެއް އޯވަރީ ނަގާފައިވާއިރު އެއީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެކެވެ. ނަމަވެސް އެ އޮޕަރޭޝަނުގެ ސަބަބުން އެކުއްޖާ ދަރިމައި ވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

އެސްމޭގެ އޯވަރީ ނަގާފައިވާއިރު އެކުއްޖާ މިހާރު ވެފައިވަނީ އެގައުމުގެ އޯވަރީ ނަގާފައިވާ މީހުންގެ ތެރެއިން އެންމެ ހަނގު މީހުންގެ ލިސްޓުގައި ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު