ބޮލީވްޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ދެއަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައިގައި ސަލްމާން ދެއަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރިއިރު ކޯޓުގައި އޭނާގެ ދައްތަ ވެސް ހުއްޓެވެ. ޙުކުމް ކުރަން ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ސަލްމާންގެ ދައްތަ ފިޔަވައި އާއިލާގެ އިތުރު މެންބަރަކު ވަނުމުގެ ހުއްދަ ކޯޓަކުން ނުދެއެވެ.

ދެއަހަރު ދުވަހަށް ޖަލަށް ލުމުގެ އިތުރުން ސަލްމާން ބައި ލައްކަ ރުޕީސް އިން ޖޫރިމަނާ ކުރަން ވެސް ވަނީ ޙުކުމް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިލި

    ތިއީ ދެ އަހަރުގެ ޗުއްޓީއެކެވެ. ބޭނުން ވެއްޖެއްޔާ ތި ޗުއްޓީ ކުރުވެސް ކޮށްލެވިދާނެއެވެ.

  2. ހުދާ

    2 އަހަރުތެރޭ ޖަލުގަހުންނަ ދުވަސްތަކަށްވުރެ ގިނަވާނީ ގޭގަހުންނަދުވަސްތަށް. ?

  3. ްވޭލްޝް

    ފުއްލާ އާއި ގެރި ހިމާޔަތް ކުރެވޭތޯ ބަލާ

  4. ޝާނީ

    އަދިއެއް ޙުކުމް ނުކުރޭ. މިއަދު 2 ޖަހާ އިރު ކުރާނެކަމަކަށް އިންޑިޔާ މީޑިޔާތަކުން ބުނަނީ