އެންމެންނަކީ ފުދިގެން އުޅޭ ބައެއް ނޫނެވެ. ބައެއް މީހުން އުޅެމުން ދަނީ ވަރަށް ހާލުގައެވެ. މިގޮތަށް އުޅޭ މީހުންގެ ކުދިންވެސް ދިރިއުޅެމުން ދަނީ އެ ހާލުގައެވެ. އެ ކުދިން ވެފައި ވަނީ ދުނިޔެ މަތީގައި ބާކިވެފައި ތިބޭ ކުދިންނަށެވެ. އެއީ އެ ކުދިން ހެދުން އަޅާ އުޅޭ ގޮތުންނާއި، އެ ކުދިންގެ އުޅުން ހުންނަ ގޮތުންނެވެ. އެ ކުދިންނަށް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވެއެވެ. އަދި ގަނާގެ ޝިކާރައަކަށް އެ ކުދިން ވެއެވެ.

މަދުން ނަމަވެސް އެފަދަ ކުދިންގެ ދިފާއުގައި ނުކުންނަމީހުން ތިބެއެވެ. މިއީވެސް އެފަދަ ދެ ކުއްޖެކެވެ. އެމެރިކާގެ ސްކޫލެއްގައި ކިޔަވަމުން ކުއްޖަކު ގަނާގެ ޝިކާރައަކަށް ވުމުން އެ ކުއްޖާ ސަލާމަތްކޮށްދީފައި ވަނީ އެ ކްލާހުގެ ދެ ދަރިވަރެކެވެ.

އެ ކުދިން، ޓޮޑް ނަމަކަށް ކިޔާ މި ކުއްޖާއަށް ގަނާ ކުރަމުންދާ އެހެން ކުދިންނާއި ދެކޮޅަށް ނުކުމެ ޓޮޑްއަށް އެހީވީއެވެ.

ޓޮޑް ގަނާގެ ޝިކާރައަކަށްވެފައިވަނީ ޖެހިޖެހިގެން މާ ގިނަ ދުވަހު އެކަށްޗެއް ލައިގެން ސްކޫލަށް އައުމުންނެވެ. ޓޮޑް ބުނެފައިވަނީ ކުދިބަޔަކު އޭނާ ގަނާ ކުރަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ ކަމުގައެވެ.

މީސް މީޑިއާގައި އެތައް މިލިއަން މީހުންގެ ސަމާލުކަން ހޯދާފައިވާ ވީޑިއޯ އަކުން ދައްކާ ގޮތުގައި، ޓޮޑް އަށް އޭނާގެ ކްލާހުގެ ދެ ކުދިން ކަމުގައިވާ ކްރިސްޓޮފާ ގްރަހަމް އަދި އެންޓަން ގަރެޓް ދިނީ ފޮށި ގަނޑެކެވެ. އެއީ ހަދިޔާ ފޮށިގަނޑެކެވެ.

އެފޮށިގަނޑުން ޓޮޑް ވަނީ ހެދުމާއި ބޫޓް ނަގާފައެވެ. ޓޮޑްއަށް ލިބުނު ހަދިޔާއިން އޭނާ އުފާވާނެއެވެ.

މީޑިއާގައި މިހާރު ގިނަ ފަރާތްތަކަކުން އަންނަނީ އެ ވީޑީއޯ ޝެއާ ކޮށް ގަނާ ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ދެ ކުދިންނަށް ވަނީ ސްކޫލުގައި ވެސް ރީތި ނަމައް ލިބިފައެވެ. އެކުދިން ވެފައިވަނީ ދުވަހުގެ ހީރޯއިންގެ ގޮތުގައެވެ.

ގަނާގެ ޝިކާރައަކަށް މުޖްތަމައުގެ ގިނަ ބަޔަކު ވެފައިވާ އިރު އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނެފައިވަނީ 2018 ވަނަ އަހަރު ކޮންމެ 5 ސްކޫލަކުން އެއް ސްކޫލުގައި ގަނާ ކޮށްގެން މައްސަލަ ހުށަހަޅާފައިވާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހަނބު 0

    މާލެޭގެ ބައެއް ސްކޫލް ތަކުގްއިވެސް ގަނަަާގެ ޝިކާރައަކަށް ވެ އެތަށް ކުދިންނެތް އެކަމުގެ ހިތާމަޔާ ވޭނުގައި އުޅެޔެވެ. ހިތާމަޔަކީ އެކުދިންގެ އަޑު އަހާނެ އެހިީތެރިވާނެ ޓީޗަރަކުވެސް ނުލިބޭ ކަމެވެ. މައުސުޫމް ކުޑަކުދިން ބޯހަރުވެ ބަސްނާހަން މަޖުބޫރުވެ ބަދަލު ހިފުމުގެ ރޫހުގައި ތެދުވެއެވެ ނަތީޖަާއަކީ އަނެއްކަާވެސް އެފަދަކުދިންނަށް އެކުދިންގެ މުޅިވުޖޫދު އަދިރިކޮށްލާ ކުރިމަގު ބަންދުކޮށްލުމަށް މުޅި ސްކޫލް ބައިވެރިވެ ޓީޗަރުން އެކަތިގަޑަކަށްވެ މަސައްކަތްފެއްޓުމެވެ. ބާރެއްލިބިފައި އޮތީތީ އެބާރު ގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު ކުއްޖެއްގެ 1000ހުވަފެން ފުނޑާލަނީ އޯގާތެރިވުމުގެ ކަންފުޅެއްވެސް ނުބަހަށްޓައެވެ އެކުދިންނަށް ދިމާވިގޮތަށްވުރެ ހިތަާމަވެރި ގޮތެއް ޚޮދު ތިމާގެ ދަރިއަށްވެސް ދިމާވެދާނެ ކަމުގެ ބިރެއްނެތިއެވެ ކަލަކުވެޭ ބިރުވެތިވޭ ﷲއީ އެންމެ ހެޔޮ ބަލަދުވެރިޔަާއެވެ

    10