އިންސްޓަގްރާމްގައި އަންހެނަކު އޭނާގެ ދިގު ދޫ ނެރެގެން ފޮޓޯ ސްނެޕް ކޮށްގެން އަހަރެއްގެ މައްޗަށް 1.23 މިލިއަން ރުފިޔާ ހޯދަމުން އެބަދެއެވެ.

'މިކޭލާ ސަރަވިއާ' އަކީ 21 އަހަރުގެ ނުފޫޒު ބޮޑު އިންސްޓަގްރާމް މޮޑެލްއެކެވެ. ދެންތިބި އިންސްޓަގްރާމް މޮޑެލްތަކާ މިކޭލާ އާ ހުރި ތަފާތަކީ އޭނާގެ ދިގު ދޫތެއްޔެވެ. މިކޭލާގެ 2 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާ އަށް މިހާ ބޮޑު ސަމާލުކަމެއް ލިބެނީ 6.5 އިންޗީގެ ދުލުގެ ސަބަބުންނެވެ.

މިކޭލާ އޭނާގެ ދޫ ބޭނުންކޮށްގެން ކާއެއްޗެހީގައި ދޫލައިގެން ނުވަތަ ތަފާތު ވައްތަރުތައް ދުލަށް ޖައްސައިގެން ނަގާ ކޮންމެ ފޮޓޯއެއް/ ވީޑިއޯ އަކަށް 15 ހާސް ރުފިޔާ އާއި 50 ހާސް ރުފިޔާ އާ ދެމެދަކަށް އާމްދަނީ ލިބެއެވެ. މިކޭލާ ގެ އިންސްޓަގްރާމް ފޮލޯވަރުން އޭނާ ހަރުފަ އަދި "ލިޒާޑް" އާ އަޅާކިޔައެވެ. ދޫ ދިގުކަމުންނެވެ.

މިކޭލާ އޭނާގެ ދުލާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

"އަހަރެންނަށް އެނގިއްޖެ ގުރޭޑު 6 އެއްގައި ކިޔަވަނިކޮށް އަހަރެންގެ ދޫ ތަފާތުކަން. އަހަރެން ވިސްނަނީ ފޮށިގަނޑުގެ ބޭރުން، އަދި ތަފާތު ދެއްކޭތޯ ބަލަން. އެންމެ ހިތްހަމަޖެހޭ ފޮޓޯ އަކަށް ޝެއާ ކުރެވިފައި ހުންނާނީ ތޭންކްސްގިވިންގް ގަ، ބަދިގެ މޭޒުމަތީގައި ޓާކިޝް އަކަށް ހެދިގެން ނެގި ފޮޓޯ." މިކޭލާ ބުންޏެވެ.

މިކޭލާ ފާހަގަކުރިގޮތުގައި އޭނާ އިންސްޓަގްރާމް ގެ އިތުރަށް ޔޫޓިއުބުގައިވެސް އޭނާގެ ވީޑިއޯތައް ޝެއާ ކުރާއިރު، އަމިއްލަ ވެބްސައިޓުގައި އޭނާގެ އަމިއްލަ ބްރޭންޑުގެ ހެދުން އެއްޗެހި ވިއްކައެވެ. މި ހުރިހާ ކަމަކުން އޭނާ އަށް އާމްދަނީ ލިބޭ އިރު މިދިޔަ އަހަރު މިކޭލާ އަށް 50،000 ޑޮލަރު (750،000 ދިވެހި ރުފިޔާ) އާމްދަނީ އަށް ލިބުނެވެ.

މި އަހަރުގެ މިހާތަނަށް ވެސް މި އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ.

"އަހަރެންނަކީ ކިހާ ހިތްތިރި މީހެއްކަން މީހުންނަށް އެނގޭނަމަ އަހަރެން ވަރަށް އުފާވާނެ. އަހަރެން އަސްލުވެސް ވަރަށް ހިތްތިރި ވާނެ. އަހަރެންނަށް މޮޑެލް ކުރަން އެންމެ ބޮޑު ހިތްވަރެއް ދެނީ އަހަރެންގެ މަންމަ. އަހަރެން ވަރަށް ލޯބިވޭ މަންމަ ދެކެ، އެއީ ވަރުގަދަ އަންހެނެއް. އަހަރެން މިހާ ޒުވާން އިރު ހޯދިފައިވާ ކާމިޔާބީ ތަކާމެދު އަހަރެން ފަޚުރުވެރިވޭ." މިކޭލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު