މިއަދު މުޅި ދުނިޔެ ބަލައިގެންފައިވާ ރާނޫ މަންޑެލްގެ އަޑުގެ ރީތިކަމުގެ ސަބަބުން އޭނާއަށް ފިލްމަކަށް ލަވައެއް ކިއުމަށް ފުރުސަތު ދިނީ، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހިމޭޝް ރެޝަމިއްޔާއެވެ. ބެންގަލްގެ ރޭލް ސްޓޭޝަނެއްގައި ލަތާގެ "އެކް ޕިޔާރް ކަ ނަގްމޭ ހޭ" މި ލަވައިން ގިނަބައެއްގެ ސަމާލުކަން ހޯދި ރާނޫ ފައިސާ ހޯދަން ކުރާ ކަމަކީ މީހުންނަށް ލަވަ ކިޔާދީ ހެދުމެވެ.

އެ ރޭލްވޭ ސްޓޭޝަނެއްގައި ކީ ލަތާގެ ލަވައަކާއެކު މީސް މީޑިއާގެ ސަމާލުކަން ލިބި، ހިމޭޝްއާއެކު މިހާރު ރާނޫ ވަނީ ތިން ލަވައެއް ކިޔާފައެވެ. އެއީ ތޭރީ މޭރީ ކަހާނީ، އާދަތްގެ އިތުރުން އިތުރު ލަވައެކެވެ.

ލަވައެއް ލޯންޗް ކުރުމަށް ބޭއްވި އިވެންޓެއްގައި ރާނޫ ވަނީ، އޭނާ މި ދަތުރުގެ ވާހަަކަ ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ ފަށްފަށުން ހިމޭޝްއަށް ޝުކުރު އަދާކޮށްފައެެވެ.

އެ ވާހަކަތައް އަހާފައި، ހިމޭޝްގެ ލޮލުން ކަރުނަ އައެވެ. އަދި އޭނާ ވާހަކަދައްކަމުންދިޔަ ވަގުތު ވެސް ރުއި ކަމަށް ވެއެވެ.

https://www.instagram.com/tv/B2RfmzwHyXn/?utm_source=ig_embed

"އަހަރެންނަށް ލޯބި ދެމުން އަންނަ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން. އެ މީހުން އަހަންނަށް ވަރަށް ސަޕޯޓް ދިން، އަދި އަހަންނަށް ލަވަ ކިއުމަށް ފުރުސަތު ދިނީވެސް އެ މީހުން، އަހަންނަށް ލަވަ ކިއުމުގެ ބޮޑު ފުރުސަތު ދިނީ ހިމޭޝް". ރާނޫ ބުންޏެވެ.

ރާނޫ ދިރިއުޅެމުން ދިޔައީ އޭނާގެ އެ ހުނަރު އެންމެން ބަލައިގަނެ، މަޝްހޫރު މީހަކަށް ވެވޭނެ ކަމުގެ އުއްމީދުގައެެވެ. އަދި އޭނާގެ އިންސްޕިރޭޝަންއަކީ ލަތާ ކަމަށާއި، އޭނާގެ ލަވަތައް ކުޑައިރުން ފެށިގެންވެސް އަޑު އަހާ ކަމަށް އޭނާ ބުންޏެވެ.

ރާނޫއަކީ އުމުރުން 59 އަހަރުގެ ގެއްލިފައިވާ ތަރިއެކެވެ. އޭނާގެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެއެވެ.