އިންޑިއާގެ ދިއްލީގައި އަންހެނަކު، އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު އެއްލައްކަ ރުޕީސްއަށް ވިއްކާލައިފިއެވެ.

އެ އަންހެން ކުއްޖާ ފުލުހުންނަށް މައުލޫމާތުދިންގޮތުގައި، އޭނާގެ އެއް އަހަރުގެ ކޮއްކޮވެސް އޭނާގެ މަންމަ ވަނީ ވިއްލާފާއެވެ.

އެ ކުއްޖާ ބުނީ، މިދިޔަ އހަފްތާ ތެރޭގައި މަންމައާއެކު ބަދަރްޕޫރްގައި ހުންނަ ދައްތަ ކައިރިއަށް ދާން ކަމަށް ބުނެ އޭނާ ގެންގޮސް ނިޒާމުއްދީންގައި ހުރި ހޮޓަލަަކަށް ގެންދިއަ ކަމަށެވެ. އަދި އޭނާ އެތަނުގައި ބަހައްޓާފައި މަންމަ ދިޔައީ ކަމަށާއި، ފިރިހެނަކު އޭނާ ގެއަށް ގެންދާނެ ކަމަށް މަންމަ އޭނާ ކައިރީގައި ބުނި ކަމަށް އެ އަންހެން ކުއްޖާ ފުލުހުންނަށް މައުލޫމާތު ދިނެވެ.

އެހެން ނަމަވެސް އެ ފިރިހެން މީހާ އޭނާ ގެއަށް ގެންދިއުމުގެ ބަދަލުގައި ގެންދިޔައީ ފިރިހެން މީހާގެ ގެއަށެވެ. އަދި އެތަނަށް ގެންގޮސް އޭނާ ކައިރީ ކައިވެނި ކުރުމަށް ކައިވެނީގެ ހެދުން ލުމަށް އެދުނެވެ. އެ އަންހެން ކުއްޖާ ބުނީ، އޭނާއަށް މަންމަ އޭނާ ވިއްކާލިކަން އެނގުނީ، އެ މީހުން ބުނުމުން ކަމަށެވެ.

އެ އަންހެން ކުއްޖާ ވަނީ އެ ތަނުން ފިލައޮގެން ގޮސް އަވައްޓެރިންނަށް އެ ވާހަކަތައް ކިޔާދީފައެވެ.

އެ އަންހެން ކުއްޖާ ކުރިން އުޅެމުން ދިޔައީ މަންމަ އާއި ދޮންބައްޕައާއެކުގައެވެ. އެ މީހުންގެ ހަތަރު ކުދިން ތިބެއެވެ.

އޭނާ ބުނިގޮތުގައި، މަންމަ އުލެމުން ދިޔައީ ވަރަށް ދަތި ކޮށެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދ

    ގެރިމޯދީ ލަދު ކޮބާ؟ ކެކެކެ ޗީ ޗީ

    15