އެމެރިކާ މީހުންނަށް ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. އެގައުމަށް 2001 ވަނަ އަހަރު ދިން ވަރުގަދަ ނިރުބުވެރި ހަމަލާގެ ސަބަބުންނެވެ. ނަމަވެސް އެމެރިކާގެ ދެމަފިރިއަކަށް މިއަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަސްވީ ވަރަށް ހާއްސަ ދުވަހަކަށެވެ.

އެމެރިކާގެ ޓެންސަސްގައި އުފަންވި އަންހެން ކުއްޖާ އަށް ލިބޭ ހާއްސަ އެއް ކަމަކީ 09/11، 09/11، 09/11 އެވެ. ކުއްޖާ އުފަންވީ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 09:11 ގައެވެ. ކުއްޖާގެ ބަރުދަނުގައި ހުރީ އެމެރިކާ މީހުން ބަރުދަން ބެލުމުގައި ބޭނުން ކުރާ އެލްބީއެސް ނުވަތަ ޕައުންޑް ބަލާނަމަ 09.11 އެވެ. އެއީ ކިލޯ އިން ބަލާނަމަ 4.4 ކިލޯ އެވެ.

އަންހެން ކުއްޖާ އަށް މިހާރު ވަނީ ކްރިސްޓީނާގެ ނަމުން ނަން ދީފައެވެ. ކްރިސްޓީނާގެ މަންމަ ބުނީ 2003 ވަނަ އަހަރު އެމެރިކާ އަށް ދިން ހަމަލާގެ ސަބަބުން އެއާއިލާ އަށް އަދިވެސް ސެޕްޓެމްބަރ 09 ވަނަ ދުވަހަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް މިއަހަރު ސެޕްޓެމްބަރ 09 ވަނަ ދުވަހު ހާއްސަ އުފަލެއް ލިބިފައިވާ ކަމަށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ކްރިސްޓީނާ އާއި އޭނާގެ މަންމަގެ ހާލު ވެސް ރަނގަޅެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކްރިސްޓީނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ކްރިސްޓީނާގެ އުފަން ދުވަހާއި އުފަންވި ގަޑި، އަދި ބަރުދަނުގައި ހާއްސަ ކަމެއް ހުރުމުން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެއާއިލާ އަށް މަރުހަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު