އެކްޓް ކުރުމަކީ ހުނަރެކެވެ. އެ ހުނަރު ކުރިއަރުވަން ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. އެ ހުނަރުގެ ބޭނުން ހިފައި، ކިޔެވުންވެސް ދޫކޮށްލައި މިއަދު ދުނިޔޭގައި ފިޔަޖަހާލާ ޖަހާލާ އުޅެމުންދާ އެތައް ބަޔަކު އެބަތިއްބެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް ތަރިންގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.

އައިޝްވާރިއާ ރާއީ ބަޗަން

ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ލިބި މުޅި ދުނިޔޭގެ ސަަމާލުކަން ހޯދި އައިޝްވާރިޔާ ރާނީ އަކީ މިއަދު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރިއެކެެވެ. އޭނާ ކިޔެވުން ދޫކޮށްލީ މޮޑެލިންގ ދާއިރާއިން ކުރިއަށްދާށެވެ. އައިޝްވާރީޔާ ވަނީ އެޗްއެސްސީ ޓެސްޓުގައި އެންމެ މަތިން މާކްސް ހޯދާފައެވެ. އަދި ޖައި ހިންދް ކޮލެޖުުން ސައިންސް ކިޔަވަން ފުރުސަތުވެސް އޭނާ އަށް ލިބުނެވެ. ނަމަވެސް އޭނާ ކިޔަވަން ފެށީ އައިކިޓެކްޓަރ ދާއިރާއިންނެވެ. ނަމަވެސް އޭނާ ވަނީ ކޯސް ދޫކޮށްލާފައެވެ.

ދިޕިކާ ޕަދުކޯން

އޭނާ ދިޔައީ، ބެޑްމިންޓަންގައި ކުރިއަރަމުންނެވެ. ނަމަވެސް ބެޑްމިންޓަން ދޫކޮށްލުމަށްފަހު އޭނާ މޮޑެލިންގ ދާއިރާއިން ކުރިއަށްދާން ފެށިއެވެ. އޭނާ ވަނީ ބެންގަލޫރްގެ ކޮލެޖަކުން އެކަޑަމިކސް ނިންމާފައެވެ. އަދި ސޯޝިއަލޮޖީ ދާއިރާއިން އޭނާ ޑިގްރީ ހަދަން ފެށިއެވެ. ނަމަވެސް އެކްޓް ކުރަމުން ކިޔަވަން އުނދަގޫވާތީ އެކަން ދޫކޮށްލީއެވެ.

ޕްރިޔަންކާ ޗޯޕްރާ

މިހާރު ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ޕްރިޔަންކާ އެމެރިކާގެ އާރމީ ޕަބްލިކް ސްކޫލުން ކިޔެވުން ނިންމާލިއެވެ. އޭނާ ފަހުން ޖައި ހިންދް ކޮލެޖުން ކިޔަވަން ފެށި ނަމަވެސް، ކޯސް ނިންމާ ނުލާ އޭނާ ދިޔައީ މޮޑެލް ކުރާށެވެ.

ކެޓްރީނާ ކައިފް

އާއިލާ އެކި ތަންތަނަށް ބަދަލުވާން ޖެހުމުން ކެޓްރީނާ ކިޔެވުމުގެ ކަންކަން ދިޔައީ ގޭގައެވެ. އޭނާ ވަނީ ފްރާންސް، ސްވިޒްލޭންޑް، ޕޮލެންޑް ފަދަ ގައުމުތަކުގައި އުޅެފައެވެ. އޭނާ ސްކޫލަކަށް ކިޔަވަން ނުދެއެވެ. އަދި ކޮލެޖަކަށް ނުދެެއެވެ. އުމުރުން 14 އަހަރުގައި އޭނާ ވަނީ މޮޑެލް ކުރަން ފަށާފައެވެ. މިއަދު އޭނާއަކީ މަޝްހޫރު ތަރިއެކެވެ.

ކަންގަނާ

އޭނާގެ ހުވަފެނަކީ ޑޮކްޓަރަކަށް ވުމެވެ. އޭނާ މަތީ ތައުލީމް ޑޭވް ހައުސްކޫލުން ނިންމާލާއި، ސިމްލާގެ ސައިންސް ކޮލެޖަކަށް ވަދެ ކިޔަވަން ވެސް ފެށިއެވެ. އޭނާ ކިޔަވަން ވަރަށް މޮޅެވެ. ނަމަވެސް އެންމެ ފަހުން އޭނާގެ ހިޔާލު ބަދަލު ފިލްމީ ދާއިރާއަށް ނުކުންނަށް ބޭނުންވިއެވެ. އަދި އެ ދާއިރާއިން އޭނާ ކިޔަަވަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅިބެ

    ލާރި ދޯ މުހިންމީ ނުކިޔެވިއަސް އޯކެޭ މަސައްކަތް ދަންނަނަމަ މީހުންނަށް ބަރޯސާ ނުވަނިކޮން އޯކޭ

    9
    1
  2. ޗާލާކީ

    ދެން ދިވެހިންގެ ތެރޭގައިވެސް މިއުޅޭ (އަމިއްލައަށް ބޮޑޭވެގެންއުޅޭ) އެކްޓަރުންނޭ މިކިޔާ ބައިގަނޑުވެސް ދެން ހިތުން މިމީހުން އުޅޭހެނޯ އެޅެންވީ... ހިތުން އެކްޓަރު ކަމުން ދެރަ މުކޮސް... ޕަކާސް...