މަނީ ހައިސްޓް އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ ބަޔަކު ދިވެހިންގެ ތެރޭގައި މިހާރު މަދުވާނެއެވެ. ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒް އަކީ 8 ކުށްވެރިން ވެގެން ސްޕެއިންގެ ފައިސާ ޗާޕު ކުރާ މައި މަރުކަޒު (ރޯޔަލް މިންޓް އޮފް ސްޕެއިން) ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ނަގާތަން ދައްކުވައިދޭ ސީރިޒްއެކެވެ.

މި ސީރީޒް ނެޓްފިލިކްސް އިން ދައްކަން ފެށި ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ ލޯބި ވަނީ މިއަށް ޖެހިފައެވެ. މީގެ ތެރޭގައި ގިނަ ދިވެހިންތަކެއްވެސް ހިމެނޭ އިރު، މި ސީރީޒްގެ ވާހަކަ ދައްކާއިރު ޓޯކިޔޯ ނުވަތަ ނައިރޯބީގެ ވާހަކަ ނުދައްކައި ނުދާނެއެވެ.

ޓޯކިޔޯގެ ދައުރު އަދާ ކުރާ އުރްސަލާ ކޮރްބެރޯ

ސީރިޒްގައި ޓޯކިޔޯގެ ދައުރު އަދާ ކުރާ އުރްސަލާ ކޮރްބެރޯގެ ރީތި ކަމާއި އެ ސީރީޒްގައި އޭނާ އަދާ ކުރި ދައުރުގެ ފުރިހަމަކަމަށް އެތައް ބަޔަކު ތައުރީފް ކުރަމުން ގެންދާއިރު ތެދައް ބުނަނީނަމަ އޭނާ އަށް ހިތް ކިޔައިގެން އުޅޭ މީހުންވެސް އެބަ ތިއްބެވެ. އަނެއްކޮޅުން ނައިރޯބީގެ ދައުރު އަދާ ކުރާ އަލްބާ ފްލޮރޭސްގެ ވާހަކަ ވެސް މީހުން ދައްކާލެއް ވަކި މަދެއް ނޫނެވެ.

ގިނަ މީހުން އެ ސީރީޒުން އެންމެ ކަމުދާ ބަތަލާ އަކީ ޓޯކިޔޯ ކަމުގައި ދެކުނަސް، އަނެއް ބަޔަކު ދެކޭ ގޮތުގައި ނައިރޯބީ މާ ރަނގަޅެވެ. މިހައިތަނަށް އެ ސީރީޒްގެ 3 ސީޒަން ނެރެފައި ވާއިރު އެންމެ ފަހު އެޕިސޯޑުގައި ނައިރޯބީ ދަނީ އޭނާގެ ފުރާނަ އަށް ހަނގުރާމަ ކުރަމުންނެވެ. އަދި އެމީހުންގެ ލީޑަރި އަދި މާސްޓާ މައިންޑް ކަމުގައިވާ ޕްރޮފެސާ އާއި އޭނާގެ ލޯބިވެރިޔާ، އިންސްޕެކްޓާ ހައްޔަރު ކުރާތަން ފެނިގެން ދެއެވެ.

ނައިރޯބީގެ ދައުރު އަދާ ކުރާ އަލްބާ ފްލޮރޭސް

މަނީ ހައިސްޓުގެ 4ވަނަ ސީޒަނަށް އޭގެ ފޭނުން ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަމުން އަންނައިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ކޮޅު 4ވަނަ ބައި ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ. އެ ބައިގައި ނައިރޯބީ ފެންނާނޭ ކަމާއި މެދު ސުވާލު އުފެދުނު ނަމަވެސް އޭނާގެ ފޭނުން އެހެން ވާހަކަށް ނޭދެއެވެ. ތިއީ ޓޯކިޔޯ ނުބަތަ ނައިރޯބީގެ ފޭނެއް ހެއްޔެވެ؟ ނުވަތަ އެ ސީރީޒުން އެންމެ ކަމުދާ އެހެން މީހަކު އެބަ ހުރި ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިކަހަލަ ސީރީޒްތައް ހަދާތީދުނިޔެ ހަލާކުވެމިދަނީ. ފާފައަށްއަރައިގަންނައިރުވެސްމީހުންގެލޯބި

    3
    6
  2. ހަމަާ

    އަޖައިބެއް، ޕްރޮފެސާ ނޫންތަ މީހަކީ ؟؟