އޮފީހުގެ އެހެން މުވައްޒަފުންގެ ރުހުން ހޯދައިގެން އަންހެނަކު އޭނާގެ މުސާރަ އަށް 120،000 ރުފިޔާ އިތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގެ 'ގްރާންޓްޓްރީ' ނަމަކަށް ކިޔާ ކުންފުންޔަކަށް މަސައްކަތް ކުރަމުން އަންނަ ސެސީލިއާ މަންޑޫކާ އޭނާގެ މުސާރަ ބޮޑުކުރަން ނިންމީ އެހެން މުވައްޒަފުން އެކަމާ ގުޅިގެން މައްސަލައެއް ނެތް ކަމަށް ބުނުމުންނެވެ. ސެސީލިއާ މަސައްކަތް ކުރަމުން އަންނަ ގްރާންޓްޓްރީ އަކީ ސަރުކާރު މެދުވެރިކޮށް ވިޔަފާރިތަކަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރާ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނީގައި މުސާރަ ކަނޑައަޅާނީ މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެއީ އެހެން މުވައްޒަފުން ދެބަސް ނުވާ ގޮތެއްގެ މަތިންނެވެ.

ސެސީލިއާ އޭނާގެ މުސާރަ ބޮޑު ކުރަން ނިންމި ނިންމުމާ ބެހޭގޮތުން ދާދި ފަހުން އިނގިރޭސިވިލާތުގެ 'ބީބީސީ' އަށް ޙާއްސަ އިންޓަވިއުއް ވަނީ ދީފައެވެ.

"އަހަރެންނަށް ހުރި ޝައްކުތަކެއް މުސާރަ ބޮޑުވެދާނެތޯ އެވަރުގެ އަދަދަކަށް. އެކަމަކު އަހަރެންނަށް އެނގޭ އަހަރެން އަދާ ކުރަމުން އައި މަސްޢޫލިއްޔަތުތައް އިތުރަށް ބޮޑުވިކަން، އަހަރެންނަށް ޓާގެޓުތައް ހާސިލްކުރެވެމުންދާ ކަން. އެހެންވެ މުސާރަ ބޮޑުކުރަން އަހަރެން ނިންމީ. އަހަރެންނާ އެއްކޮށް މަސައްކަތް ކުރާ އޮފީސް މީހުން ކައިރިން އަހަރެން އެހިން ލަފާ އަކަށް. އެމީހުން އެންމެން އެއްބަސްވި އަހަރެންގެ ނިންމުމަށް. އެމީހުން ބުނި އަހަރެންނަށް ހައްގުކަމަށް މުސާރަ މަތިވުން. އަހަރެން ވަރަށް އުފާވި އެމީހުންގެ ފަރާތުން ލިބުނު ޖަވާބުން." ސެސީލިއާ ކިޔާދިނެވެ.

ސެސީލިއާ ބުނިގޮތުން މުސާރަ ދެ ގޮތަށްވެސް ކަނޑައެޅުމުގެ ބާރު މުވައްޒަފުންނަށް ލިބިގެންވާ ކަމަށެވެ. އެގޮތުން އަމިއްލައަށް އެދިގެން އޭނާއާ އެއްކޮށް މަސައްކަތް ކުރަމުން އަންނަ 2 މުވައްޒަފަކު އެމީހުންގެ ވަޒީފާގެ މަސްޢޫލިއްޔަތުތައް ބަދަލުވުމާއި ގުޅިގެން މިހާރު މުސާރަ ކުޑަކޮށްފައިވާ ކަމަށެވެ. ސެސީލިއާ އޭނާގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން މިހާރު އޭނާއަށް މަހެއްގެ މައްޗަށް 37،000 ޕައުންޑްގެ (629،000 ރުފިޔާ) ގެ މުސާރައެއް ލިބެއެވެ.

ގްރާންޓްޓްރީ ގެ މުސާރައިގެ ސިޔާސަތަކީ ގިނަ އާއްމުންނަށް ވަރަށް ކަމުދާ އެއްޗަކަށް ވެއްޖެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި މިކަހަލަ ގޮތަކަށް މުސާރަ ކަނޑައެޅުމުގެ ސަބަބުން މުވައްޒަފުން މަސައްކަތް ކުރާ ހިތުން މަސައްކަތް ކުރާނެއެވެ. އަދި ތަނުގައި ގިނަ ދުވަހު މުވައްޒަފުން ހަރުލާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިނު ވަގު

    މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަަކީ ވެސް ތިޔަ ޒާތުގެ ކުންފުންޏެއް...

    20