ދެ ފުއްލާ މަރާލި މައްސަލައިގައި ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ޖަލަށް ލުމުގެ ކުރިން އޭނާގެ މެޑިކަލް ޓެސްޓް ހަދަން ތައްޔާރުވެއްޖެއެވެ.

ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން ސަލްމާން ޚާން ވަނީ 10،000 އިންޑިޔާ ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ.

ސަލްމާން ޙާންއަށް ކޮއްފައިވާ ހުކުމް މިއަދު އިންޑިއާ ގަޑިން ހަވީރު 5 ގެ ކުރިން މައްސަލަ އިސްތިއުނާފް ކުރެވި އަދި ކޯޓުން ސަލްމާން ކަފާލާތުގެ ދަށުން މިނިވަން ނުކޮށްފިނަމަ މިރޭ ސަލްމާން ވަގުތު ހޭދަކުރަން ޖެހޭނީ ޖަލުގައެވެ. ސަލްމާން ގެންދާނެ ޖަލު ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

1998 ގައި ފިލްމް ޝޫޓިންއެއްގައި އިންޑީޔާގެ ރާޖަސްތާންގައި ސަލްމާން އާއި ބޮލީވުޑްގެ އިތުރު ތަރިންތަކެއް ދެފުއްލާ ބަޑިން މަރާލި މައްސަލައިގައި ސަލްމާންގެ މައްޗަށް ހުކުމް ސާބިތުވި ނަމަވެސް އެހެން ތަރިންތަށް ވަނީ ސަލާމަތްވެފައެވެ. ސަލްމާން އަށް ހުކުމް ކުރީ ފުއްލާ މަރާލާފައިވާ ސަރަހައްދުން އޭނާގެ ޑީއެންއޭ ފެނުމުންނެވެ.

މި މައްސަލަ ކޯޓަށް ހުށައެޅި "ބިޝްނޯއީ" ޖަމާއަތުގެ މީހުން ސަލްމާން އަށް ހުކުމް ކުރުމުން ކޯޓްގެ ބޭރުގައި އުފާފާޅުކުރަމުން އަންނައިރު އޭނާގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ދަނީ ސަލްމާންއަށް އެފަދަ ހުކުމެއް ކޮއްފައި އެވަނީ ބޭއިންސާފުން ކަމަށާއި އޭނާ އެފަދަ ކަމެއް ނުކުރާނެކަމަށް ބުނަމުންނެވެ.