ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ކޯރު ކަމުގައިވާ، ޗައިނާގެ ޔަންގްޒީ ކޯރުން ގޮތް ނޭނގޭ އެއްޗެއް ފެނިއްޖެއެވެ.

އެ ކޯރުން ފެނުނީ ކޯއްޗެއްކަން ނޭނގޭއިރު އޭތި ފެންނަ ދެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ޗައިނާގެ މީޑިއާތަކުން ފޯރިއާއެކު އާންމުކުރަމުން އަންނަ އެއް ވިޑިއޯއިން ފެންނަނީ ކަޅު ކުލައިގެ އެއްޗެކެވެ. އޭގެ ބައްޓަން ހުރީ ހަރުފައެއް ހެނެވެ. އެ އެއްޗާ، ސްކޮޓްލޭންޑުގެ "ލޮކްނެސް މޮންސްޓަރ" އާ އަޅުވާ ކިޔާމީހުންވެސް މަދެއް ނޫނެވެ. އެމީހުން ބުނަމުން ދާ ގޮތުގައި ޗައިނާއިންވެސް ފެނިފައިވަނީ ލޮކްނެސް އެވެ.

ނަމަވެސް ދެވަނަ ވީޑިއޯ ފުޓޭޖުން ފެންނަނީ އޭތީ ހަރަކާތް ކުރާ ތަނެވެ. އަދި ބޮޑަށް ބެލެވެނީ އެއީ ކޮންމެވެސް ބޮޑު ދިރޭ އެއްޗެއްގެ ނިގޫ ކަމަށެވެ.

ނަމަވެސް ޗައިނާގެ ބައެއް ޕްރޮފެސަރުން ބުނާ ގޮތުގައި އެމީހުންނަށް ފެނިފައިވަނީ ފެނު ހަރުފައެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތީ ޝާހިދު! އޭނާ ވެއްޖެ ޗައިނާގައި!