އުމުރުން ދެ އަހަރުގެކުއްޖަކަށް ފުރަމޭ ހަދިޔާ ކޮށްދިން އަލިފާން ނިއްވާ މީހަކަށް ގިނަ މީހުންގެ ތައުރީފު ލިބެން ފަށައިފިއެވެ.

ބްރިޖްޕޯޓްގެ އަލިފާން ނިއްވާ މީހެއް ކަމަށްވާ ޓިމް ކުއްޖަކަށް ގުނަވަންތައް ހަދިޔާކޮށް އެކުއްޖާގެ ފުރާނަ ސަލާމަތްކޮށްދީފައި ވާތީ ބްރިޖްޕޯޓްގެ އަލިފާން ނިއްވާ މީހުންގެ ޑިވިޝަނުން ވަނީ އޭނާގެ އަގުވަޒަންކޮށްފައެވެ. ދާދިފަހުން ބޭއްވި ހަފްލާއެއްގައި ޓިމް އަށް ވަނީ ފަޔާ ފައިޓާ އޮފް ދަ އިޔާގެ ލަގަބު އަރުވާފައެވެ.

މީގެ އަހަރެއް ކުރިން ޓިމް ވަނީ ފުރަމޭ ހަދިޔާ ކުރާނެ ފަރާތެއް ހޯދަން ޚަބަރެއްގައި ޖަހާފައިވަނިކޮށް ފެނިފައެވެ. އޭނާ އަވަސް ވެގަތީ ގުނަވަން ހަދިޔާ ކުރަން ޓެސްޓް ހެދުމަށެވެ. އޭނާ ޓެސްޓް ހަދަން ދިޔަ އިރު އެ ކުއްޖާ އަށް ފުމޭ ހަދިޔާ ކުރަން އިތުރު މީހަކު ވެސް އެތަނަށް ދިޔަ ކަމަށް ވެއެވެ. ނަމަވެސް ޓިމް ވަނީ ކުއްޖާއަށް އެހީ ވާން ބުނެ ފުރަތަމަ ޓެސްޓުތައް ހަދާފައެވެ.

ޓިމް ބުނެފައިވަނީ ޑައިލަންގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. ޑައިލަންގެ އާއިލާ ވެސް ވަނީ އޭނާ ދިން "އަގު ނުކުރެވޭނެ ހަދިޔާއަށް" އެތައް ފަހަރަކު ޝުކުރު އަދާކޮށްފައި ކަމަށް ޓިމް ބުންޏެވެ.

ޓިމްގެ ވާހަކަތައް މީޑިއާތަކުގައި ގެނެސްދިނުމުން ގިނަ ފަރާތްތަކުން އަންނަނީ އެކި ފަރާތްތަކަށް އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.

އަދި ގުނަވަންތައް ބަދަލު ކުރަން ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު