ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ފަސް އަހަރަށް ޖަލަށްލާން މިއަދު ކުރި ޙުކުމާއި ގުޅިގެން އޭނާ ޖަލަށް ގެންގޮސްފިއެވެ.

މި ޙުކުމް ތަންފީޒު ކުރުމަށް ސަލްމާން ގެންގޮސްފައިވަނީ ޖޯދާޕޫރު ސެންޓްރަލް ޖަލަށެވެ. ސަލްމާން ޖަލަށް ގެންދިއުމަށް ކުރިން ހަމަޖެހުނީ، އޭނާގެ މެޑިކަލް ޓެސްޓްތަކެއް ހެދުމަށްފަހުގައި ކަމަށްވީނަމަވެސް ދާދި ދެންމެއަކު އޭނާ ޖަލަށް ގެންގޮސްފައި ވަނީ ޓެސްޓްތައް ނަހަދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ޖަލު ގޮޅީގައި ބަންދު ކުރުމަށްފަހު ވަރަށް އަވަހަށް އޭނާގެ މެޑިކަލް ޓެސްޓްތައް ހަދާނެ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.

މި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ސަލްމާންގެ ވަކީލުން މިހާރު ދަނީ ކުރަމުންނެވެ. މިއަދު އިންޑިއާ ގަޑިން ހަވީރު 5 ގެ ކުރިން މައްސަލަ އިސްތިއުނާފް ކުރެވި އަދި ކޯޓުން ސަލްމާން ކަފާލާތުގެ ދަށުން މިނިވަން ނުކޮށްފިނަމަ މިރޭ ސަލްމާން ވަގުތު ހޭދަކުރަން ޖެހޭނީ ޖަލުގައެވެ. ސަލްމާން ގެންދާނެ ޖަލު ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ސަލްމާން އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ އޭނާ އަކީ "ތަރި" އަކަށް ނުވި ނަމަ މި މައްސަލަ ނުޖެހުނީސް ކަމަށް ބުނެފައެވެ.

ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    FREE SALMAN KHAN NOW RESING ާABDULLAH YAMEEN L

  2. Anonymous

    މަހުލޫފު ކޮބާ ޖަލުގެ ދޮރުހުޅުވަންދާން

  3. ރިޗޫ

    ސައްލޫ ދޫ ކޮަށްލާ ހަމަ ވަގުތުން

  4. މަހަށްދޭބަލަ

    ސަލްމާން ޚާން ޖަލަށް ގަޅާލަނީ އެއީ އިންޑިއާ ސަރުކާރުން ވަރަށް ޖޭވޭ ބޮލީވުޑް ގައި ވެސް މުސްލިމް ކޮމިއުނިޓީ އާދަޔާ ޚިލާފަށް ކުރިއެރުން ހޯދާތީވެ އެގޮތުން ސަލްމާން ޚާން އަކީ ފުރަތަމަ ވެސް ރާމްބޯ އިން ތަކެއް އުފެދެން ޖެހޭނެ ކަން ގަބޫލުކޮށް ބޮލީވުޑް ގައި ރަނޑު ޒާތަަކަށް ނަށާ ފިލްމްސް ތައް ޓަފް ޖެންޓުލް މެން ސްޓައިލްޑް ފިލްމްސް ތަަކަށް ބަދަލު ކޮށްލި ހަމަ އެކަނި ސްޓާރަކީ. ސަލްމާން ފަހަތުން އާމިރު އާމިރު ފަހަތުން ޝާޚުރު. މިހާރު މިކަން އެއޮތީ ބޮލީވުޑް ގެ ސްޓާރެއް ނަމަ އެއީ މޭންޑޭޓްރީ ކަމެއްގެ ގޮތުގައި ހިމެނިފައިއޭ. އިންޑިއާ ކޯޓް ތަކުގެ ގާޒީން ކަޓް ކާނެއޭ އިންޑިއާ ޕޮލިހުން ސަރު ސަރު ކިޔާ ކަޓް ފީންނެއް ސަލްމާން އަތުން ކާލައިގެން ކަފާލާތުގެ ދަށުން ނަން ކިޔާ ދޫކޮށްލާނެއޭ. އިންޑިއާ އިން މިކުރި ކަމުުން އިންޑިއާގެ އިގްތިސާދަށް މިލިއަނުން ޑޮލަރު ޕަންޕް ކޮށްދޭ ސްޓާރެއް ތަމެން އަމިއްލަ އަތުން ހަލާކު ކޮށްލަނީއޭ މޮދީ ދެން މަހަށް ދޭބަލަ. ޖަސްޓް މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ.

  5. ގުންޑާ

    ސަލްމާން އައް ކުރާ އަނިޔާ ހުއްޓާލާ