ބޮލީވުޑްގެ އަރަމުން އަންނަ ތަރި ދިޕިކާ ޕަދުކޯން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. އޭނާ ކައިވެނިކޮށްފައި ވަނީ ޒަމާންވީ ލޯބިވެރިޔާ ރަންވީރު ސިންގ އާއެވެެ.

ދިޕިކާ އާއި ރަންވީރުގެ ކައިވެންޏަށް މިހާރު 10 މަސް ވެފައިވާއިރު، އޭނާއަށް މި ވަނީ އޭނާއަކީ މީހެއްގެ އަނތްބެއްކަން ހަނދާން ނެތިފައެވެ. އޭނާ އެކަން ހަނދާން ނެތުނުކަން ހާމަވެފައި ދާދި ފަހުން ދިއްލީގައި އޮތް އޭނާގެ ފައުންޑޭޝަން ދަ ލައިވް ލަވް ލަާފް ފައުންޑޭޝަންގައި އިވެންޓެއްގައި ދިޕިކާ ދެއްކި ވާހަކައެއް މިހާރު މީސް މިޑިއާ ދައުރުވާން ފެށުމުންނެވެ.

"އަހަންނަކީ އަންހެން ދަރިއެއް. އަހަންނަކީ ދައްތައެއް. އަހަންނަކީ އެކްޓަރެއް"، އެ ވީޑީއޯގައި ދިޕިކާ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ. ދިޕިކާ މިހެން ބުނެފައި ކުޑަކޮށް މަޑުޖެހިލައެވެ. އަދި އިރުކޮޅެއް ފަހުން އޭނާއަކީ އަންބެއް ކަމަށް ބުންޏެވެ.

https://www.instagram.com/p/B2cPrQcBU4T/?utm_source=ig_embed

"އަހަންނަކީ އަންބެއް އަހަރެން އެކަން ހަނދާން ނެތުނީ". އޭނާ ބުންޏެެވެ.

ދިޕިކާގެ އެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދިޕިކާ އެ އިވެންޓަށް ގޮސްފައި ވަނީ، ކޮއްކޮ އަނިޝާ ޕަދުކޯންވެސް ގޮވައިގެންނެވެ. އޭނާ އެވެންޓަކީ މެންޓަލް ހްލްތް އާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ބޭއްވި އިވެންޓެކެވެ.

ދަ ލައިވް ލަވް ލަާފް ފައުންޑޭޝަންއަކީ މެންޓަލް ހެލްތްއާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުމަށް އުފައްދާފައިވާ ފައުންޑޭޝަން އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޢަރަމުން އަންނަ ތަރިއެއް ނޫން މެދު އުޑުގަ ފިޔަޖަހާ ތަރިއެއް ދޮއްތަ ތިޔަ އުޅޭ ކަރީނާމެންނަށްވުރެ ގިނަ އެވޯޑް ލިބިފަ އަގު ބޮޑު ފިލްމްތައް ކާމިޔާބު ކަރީނާމެންގެ މަދު ފިލްމެއްގަ ނުނީ އެމީހުންގެ ބައި

    11