އިންޑިއާގައި އަލަށް ބާއްވާ ފޮޑި ޖެހުމުގެ މުބާރާތައް އެތައް ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، މުބާރާތުގެ ވަނަތައް ހޮވާނެ ގޮތްތައް އިންތިޒާމް ކުރާ ފަރާތުން އިއުލާން ކޮށްފިއެވެ.

މި މަހުގެ 22ވަނަ ދުވަހު ގުޖްރާތުގައި "ވަޓް ދަ ފާޓް"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް މިހާރުވެސް އެތައް ބަޔަކު ތައްޔާރަށް ތިބިއިރު، ގިނަ ބަޔަކަށް ވަނީ ވަނަތައް ހޮވާނެ ގޮތް ސާފު ނުވެފައެވެ. ނަމަވެސް، މި މުބާރާތް އިންތިޒާމް ކުރާ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި ޕްރޮޑިއުސާ ޔަޓިން ސަންގޮއި މިހާރު މިވަނީ އެކަން އޮޅުން ފިލުވައި ދީފައެވެ.

މުބާރާތުގައި ބައިވެރިވާނެ ގޮތާއި ފަށާ ދުވަސްތައް މި ފޮޓޯގައި ބަޔާން ކޮށްފައި އެވަނީއެވެ.

އޭނާ ބުނާގޮތުން މުބާރާތުގައި 3 ކެޓަގަރީ އެއް އޮންނާނެއެވެ. އެއީ އެންމެ ގިނަ އިރުވަންދެން ފޮޑި ޖަހާ މީހާ އާއި، އެންމެ ބާރަށް ފޮޑި ޖަހާ މީހާގެ އިތުރުން އެންމެ މިއުޒިކީ ރާގަށް ފޮޑި ޖަހާ މީހާއެވެ. މިއިން ކޮންމެ ބައެއްގައިވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާއިރު ބައިވެރިންގެ ހުނަރު ދައްކަން ލިބިގެން ދާނީ އެންމެ މިނެޓެކެވެ.

މުބާރާތުގެ ކޮންމެ ކެޓަގަރީ އަކުން އެއްވަނަ އަށް ދާ ފަރާތަކަށް 15،000 އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވާއިރު، މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މިހާރު އަންނަނީ އެންމެ ރަނގަޅު ނަތީޖާ އެއް ދެއްކޭނީ ކޮން ގޮތަކަށް ކަންތައް ކޮށްގެންތޯ ބަލަމުންނެވެ.

މިއީ އިންޑިއާގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ނަމަވެސް، ޗައިނާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ފަދަ ބޮޑެތި ގައުމުތަކުގައި މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވައެވެ. މި މުބާރާތްތަކުގެ ބޭނުމަކީ ފޮޑި ޖެހުން އެއީ ހަޑި ކަމެއް ނޫންކަން ބަޔާންކޮށް އާއްމުންގެ ވިސްނުން އެކަމަށް ބަދަލު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމަ އަހާލީ

    ފޯއް ކޮށާފައި ފޯއް ކާ މީހުންގެ މުބާރާތެއް އިންޑިޔާގައި ނެތްތަ؟

    3
    1