ފަސް އަހަރަށް ޖަލަށްލާން މިއަދު ޙުކުމްކުރި ސަލްމާން ޚާން އޮތީ އާދައިގެ "ގޮޅިއެއްގައި" ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއަދު ސަލްމާނަށް ކުރި ޙުކުމާއި ގުޅިގެން ދާދި ދެންމެއަކު އޭނާ ޖޯދާޕޫރު ސެންޓްރަލް ޖަލަށް ގެންގޮސްފައިވާއިރު، އޭނާވެސް ޙުކުމް ތަންފީޒު ކުރުމަށް ބާއްވާފައިވަނީ އެހެން ކުއްވެރިންވެސް ތިބޭފަދަ އެންމެ އާދައިގެ ގޮޅިއެއްގައި ކަމަށް ވެއެވެ.
ބައެއް ފަރާތްތަކާއި ޙަވާލާދީ ނޫސްތަނުގައި ބުނެފައިވަނީ ސަލްމާން ބާއްވާފައި އޮތް ގޮޅިން އެއްވެސް ޚިދުމަތެއް އޭނާއަށް ނުލިބެއެވެ. އަދި އެތަނުގައި އޭސީއެއް ނުވަތަ ފަންކާއެއްވެސް ނެތްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.
ސަލްމާން ގެންދިޔަ ޖަލަކީ، ކަލަކު ކަމުގައި ދަޢުވާކޮށްގެން ޖަލަށްލާފައިވާ އަސަރަމް ބާޕުވެސް ޖަލު ޙުކުމެއް ތަންފީޒުކުރަމުންގެންދާ ޖަލެވެ. ސަލްމާން ބާއްވާފައި އޮތީ ބާޕޫގެ ގޮޅި އާއި ކައިރީގައި ހުރި ގޮޅިއެއްގައި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.
ސަލްމާން އަށް ހުކުމް ކުރުމާއެކު ސަލްމާންގެ ދައްތަ ދިޔައީ ކޯޓު ރޫމު ތެރޭގައި ރޮމުންނެވެ. އަދި އެވަގުތު ދައްތަ އަށް ހިތްވަރުދެމުން ސަލްމާން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތިއީ ތިމޮޅުކުރާ އިންޑިޔާގެ ކޯޓުތަކުގެ ފެންވަރު. 20 އަހަރު ފަހުން މައްސަލައިގެ ހުކުމް ކުރެވުނީ.
އަވަހައް އިނގިރޭސި ވިލާތައްގޮސް ގޮނޑި ދުއްވާރޭހުން 1 ވަނަ ހޯދާ އޭރުން އެގައުމުން ހިމާޔައްދޭނެ
އެމްބަސީގެ ހިމާޔަތް ނުހޯއްދަވާތޯ
ބަލަ އިންޑިއާ އަކީ ބިލިއަނުން ބިލިއަނުން މީހުން އުލޭ ޤައުމެއްކަން ތިވަރު ނޭގޭ ބަޔަކު ކޮމަންޓް ނުކުރިއްޔާ ރަގަލުވާނީ. ކޮމަންޓް ކުރަންވާނީ އެކަމާއި ބެހޭ ނުވަތަ އެ ޤައުމަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ތިމާގެ ކިނބާގައި ހުރެގެން.
މި ކަމަކީ ސިޔާސީ ކަމެއް ނޫން. ކޮންމެ ކަމެއް ސިޔާސީކޮށްގެން ހަޖަމު ނުވެވިގެން މިއުޅެނީ އަޅެފަހެ ކޮން މަތިވެރިކަމެއް ލިބިގެން އުޅޭ ބައެއްބާއޭ ހިތަށްއަރާ!
ޥަރިހަމަޔެއްނު ސަލްމާން އާދައިގެ ގޮޅިިޔެއްގައޮތަސް މި ގައުމުގެ ކުއްވެރިން ތިބެންވީ 5 ސްޓާ ގޮޅީގަވިއްޔާ
ރާއްޖޭގައި މީހަކު މެރިޔަސް އެއީ ކަމަކަށް ނުވޭ.. ސަލްމާން ހާން ފުއްލާ އެއް މަރާގެން ޖަލަށް އެ ލެވުނީ